ޚަބަރު
ސިޓީކައުންސިލުގެ 11މަޝްރޫއެއްގެ މަސައްކަތް ނިންމުން ސަަރުކާރުގެ ކުންފުނިތަކަކާ ހަވާލުކޮށްފި

މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ 11 މަޝްރޫޢެއްގެ މަސައްކަތް އަވަސްކުރުމަށްޓަކައި، ސަރުކާރުގެ ބައެއް ވުޒާރާތަކާއި ހަވާލުކުރުމަށް ނިންމައިފިއެވެ.

މި މަޝްރޫޢުތަކުގެ ތެރޭގައި މުޅިން އަލަށް ފަށާ މަޝްރޫޢުތަކާއި، އަދި މިހާރު ޤާއިމުވެފައި ހުރި ބައެއް ޚިދުމަތްތައް އިތުރަށް ފުޅާކޮށް ތަރައްޤީކުރުމާއި ގުޅުންހުރި މަޝްރޫޢުތަކެވެ.

ސިޓީ ކައުންސިލުން ސަރުކާރާއި ހަވާލުކުރި މަޝްރޫޢުތަކަކީ ބިން ހަމަޖައްސައި، އަދި ޕްރޮޖެކްޓްތައް ޕްލޭން ކުރުމުގެ މަރުހަލާގައިވާ މަޝްރޫޢުތަކެކެވެ. އަދި އެ މަޝްރޫޢުތައް ކަމާއި ގުޅުންހުރި ވުޒާރާތަކަށް ބަދަލުކުރުމަށް ނިންމާފައިވަނީ، މިއަދު ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމުގައެވެ. ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް 10 މެންބަރުންގެ ތެރެއިން 9 މެންބަރުން މަޝްރޫޢުތައް ސަރުކާރާއި ހަވާލުކުރުމަށް ތާޢީދުކުރައްވާފައެވެ.

ސަރުކާރާއި ހަވާލުކުރި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ 100 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މަޝްރޫޢުތަކެވެ.

މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މަސައްކަތްތާކާއި، ނިންމަން ކަނޑައަޅާ ތާރީޚް

 • 1. ވިލިމާލެ ކޮމާޝަން ބިލްޑިންގ (29 ޖެނުއަރީ 2025)
 • 2. މާލޭ ހޯލްސޭލް ސެންޓަރ (23 ޖޫން 2026)
 • 3. މާލޭ މިކްސްޑް ލޯކަލް މާރުކޭޓު (29 ޖެނުއަރީ 2025)
 • 4. މިކްސްޑް ޔޫސް ޕާކިން 14 އިމާރާތް (23 ޖުލައި 2026)
 • 5. މަސްވެރިންގެ ޕާކުގައި އޮފީސް އިމާރާތް އެޅުން (30 މަރޗް 2025)
 • 6. މާލެ ސިޓީ ކައުންސިލް އާ އިމާރާތް (24 އޭޕްރިލް 2026)
 • 7. ވިލިމާލެ އައުޓްޑޯރ ކުޑަކުދިންގެ ޕާކުު (26 ސެޕްޓެމްބަރު 2026)
 • 8. ވިލިމާލޭގައި 500 ހައުސިން ޔުނިޓް ތަރައްޤީކުރުން (21 އޮކްޓޯބަރު 2026)
 • 9. ސިނަމާލެ ރީޑިވެލޮޕްމަންޓްގެ ތެރެއިން 1500 ހައުސިން ޔުނިޓް އެޅުން (14 ޖެނުއަރީ 2028)
 • 10. ވިލިމާލޭ އަންހެނުންގެ މާރކޭޓް އަދި ފުޓްސަލް ކޯޓު އެޅުން ( 24 ޖެނުއަރީ 2026)
 • 11. މާލެ ފެސިލިޓީސް އަޕްގްރޭޑް ޕްރޮޖެކްޓް (30 ނޮވެމްބަރު 2024)

މި މަޝްރޫޢުތައް ދެން ބަލަހައްޓަމުންދާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާ އަދި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތަކާބެހޭ ވުޒާރާއިންނެވެ.

މި މަސައްކަތްތައް ސަރުކާރުގެ ވުޒާރާތަކަށް ބަދަލުކުރައްވާފައިވަނީ، ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ޕްރޮޖެކްޓްތަކުގެ ޢަމަލީ މަސައްކަތްތަައް ފަށާގޮތަށެވެ. އަދި ކަނޑައަޅާފައިވާ ޓައިމްލައިނާއި އެއްގޮތަށް މަޝްރޫޢުތައް ކުރިއަށްނުދާނަމަ، މަސައްކަތްތައް ބެލެހެއްޓުން އަލުން މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ކައުންސިލް ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.

ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށުން، ކަމާގުޅުންހުރި ވުޒާރާތަކުގެ ދަށަށް ބަދަލުކޮށްފައިވަނީ މިއީ މާލެ ސަރަޙައްދަށް މުހިންމު ބޮޑެތި މަޝްރޫޢުތަކަކަށްވުމާއެކު އެކަމުގެ މަސައްކަތްތައް ޚާއްސަ އިސްކަމެއް ދީގެން އަވަސްކުރުމަށްކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!