ޚަބަރު
ކަނޑުހުޅުދޫ މުޖުތަމަޢު ތެރެއިން ކޮވިޑަށް މީހަކު ފައްސިވެއްޖެ

ގއ ކަނޑުހުޅުދޫއިން ފުރަތަމަ ފަހަރަށް މުޖުތަމައު ތެރެއިން ކޮވިޑް-19 އަށް މީހަކު ފައްސިވެއްޖެއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ކަނޑުހުޅުދޫ ހެލްތު ސެންޓަރުގެ މެނޭޖަރު މުމްތާޒް ހަސަން ވިދާޅުވީ، މިއަދު އެރަށުން ނެގި ސާމްޕަލްއެއް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި، އެފަރާތަކީ އެރަށު މުޖުތަމައުތެރެއިން ނެގުނު ސާމްޕަލްއަކުން ފައްސިވެފައިވާ ފަރާތެއްކަމަށެވެ.

އަދި ފައްސިވެފައިވަނީ، އެރަށު ސިއްޙީމަރުކަޒުގައި ތަރުޖަމާނެއްގެ ވަޒީފާ އަދާކުރާ ފަރާތެއް ކަމަށާއި، ރޯގާގެ އަސަރު ހުރި ގިނަ ބަޔަކު ފެންނާތީ، ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބިފައިވަނީ ފައްސިވެފައިވާ ފަރާތުގެ އެކަނިކަމަށެވެ.

އެކަމާއި ގުޅިގެން މިހާރު ބަލަން ޖެހޭ ކަންތައް ބަލަމުންދާ ކަމަށާއި، މިހާރު ގެންދަނީ އެފަރާތުގެ ކޮންޓްކެޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް މުމްތާޒް ވިދާޅުވިއެވެ. މޮނިޓަރިން ހާލަތަށް ދިއުމަށް އެޗްޕީއޭގައި އެދޭނީ ނެގިފައިވާ 6 ސާމްޕަލްގެ ނަތީޖާ ލިބުމުން ކަމަށްވެސް މުމްތާޒް ވިދާޅުވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!