ޚަބަރު
އަންހެން ކަނބަލުންނަށް ހާއްސަ 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރަނީ!

އަންހެނުންނަށް ޚާއްސަކޮށްގެން 100 މިލިޔަން ރުފިޔާގެ ލޯނު ސްކީމް ތައާރަފް ވެގެންދާނެ ކަަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމު ވިދާޅުވެއްޖެއެވެ.

އަންހެނުންގެ އުފެއްދުންތައް ބާޒާރު ކުރުމަށް ހުޅުމާލޭގައި އަލަށް ތައާރަފްކުރި ހިޔަލަ ވީކެންޑް މާކެޓް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ދެއްކެވި ވާހަކަފުޅުގައި ޑރ އައިޝަތު ޝިހާމް ވިދާޅުވީ އަންހެނުން ބާރުވެރި ކުރުވުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށާއި އެކަން ކުރެވޭނީ އަންހެނުން ފުދުންތެރި ކުރުވައިގެން ކަމަށް ސަރުކާރުން ޤަބޫލުކުރާ ކަމަށެވެ.

އެގޮތުން މިއަދު ހުޅުވިގެންދާ ބާޒާރުގެ ސަބަބުން އަންހެނުންނަށާއި, އެ މީހުންގެ އާއިލާތަކަށް އެކަމުން ފައިދާ ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތްތަނުގައި މި މާކެޓް ފުޅާ ވެގެން ގޮސް, ފަތުރުވެރިން މިތަނަށް ޒިޔާރަތްކޮށް ވިޔަފާރި އެހެން ހަރުފަތަކަށް ގެންގޮސްދޭން މާކެޓުން އެހީތެރިވާނެ ކަމުގެ ޔަޤީންކަން ވެސް މިނިސްޓަރު ދެއްވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, ފުދުންތެރި އަބުރުވެރި ދިރިއުޅުމެއް ފަހިކޮށްދިނުމަށްޓަކައި އަންހެނުންނަށް ޚާއްޞަ 100 މިލިއަން ރުފިޔާގެ ‘ސްޓާޓްއަޕް ލޯން ސްކީމް’އެއް ވަރަށް އަވަހަށް ތައާރަފް ކުރެވިގެންދާނެ ކަމަށެވެ. އޭގެ އިތުރުން ކުދި ވިޔަފާރިތަކަށް ޚާއްސަ ލޯނު ވެސް ވަރަށް އަވަހަށް ސަރުކާރުން ތައާރަފް ކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ދެ ކަމަކީ ރައީސް ޑރ. މުޢިއްޒުގެ 100 ދުވަހުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. އުސްތާޒް

    ދެން އަތްޖަހާ، ތީ އާޒިމާގެ ދަރަނީން ސަލާމަތް ވުމަށް ޖަހާ ޗައްކަރެއް.