ޚަބަރު
ރައީސް އަމުރު ކުރެއްވީ، އާސަންދަ ހަމަޖެހެންދެން ބަލިމީހަކު ނުގެނެސް މަޑުނުކުރުމަށް!

އެއްވެސް ބަލިމީހަކު އާސަންދަ ހަމަޖެހެންދެން ނުގެނެސް ނުބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް މިކަމަށް އެދިވަޑައިގެންނެވީ ގއ. ވިލިނގިލިން ހާލު ދެރަވެގެން މާލެ ނުގެނެވި ލަސްވި ކުޑަ ކުއްޖަކު ނިޔާވި މައްސަލައާ ގުޅިގެންނެވެ.

އުމުރުން 13 އަހަރުގެ މުޙައްމަދު ޖާހު ޚާލިދު ނިޔާވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އައިޖީއެމްއެޗް ހޮސްޕިޓަލަށެވެ. އެ ކުއްޖާގެ ހާލު ދެރަވެގެން މާލެ ގެންދަން ޑޮކްޓަރުން ލަފާދިން ނަމަވެސް ފުރުމުގެ އިންތިޒާމްތައް ހަމަނުޖެހިގެން އެ ކުއްޖާ މާލެ ގެނެވުނީ 16 ގަޑިއިރު ފަހުންނެވެ. އެ ކުއްޖާ އިތުރު ފަރުވާ އަށް މާލެ ގެނައުން ލަސްވީ ޗާޓަރު ފްލައިޓެއް ހަމަނުޖެހި ލަސްވުމުންނެވެ.

ރައީސް އޮފީހުން ބުނީ މި ހާދިސާއާ ގުޅިގެން ޖާހުގެ މައިންބަފައިންނަށާއި ޢާއިލާއަށް ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވާ ކަމަށެވެ. އަދި ޖާހު މާލެ ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފުސީލީ މައުލޫމާތު ދެއްވުމަށާއި، މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނޭ ގޮތަށް، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި ޢަމަލުކުރަމުން އަންނަ ނިޒާމު އިޞްލާޙުކުރުމަށް، ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް ރައީސް އަންގަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އަދި، ބަލި ޙާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ޙާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކޮށް، ޞިއްޙީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުޞޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް ޢަމަލުކުރަމުން ގެންދެވުމަށް ވެސް ރައީސް އެދިވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މި ހާދިސާއާ ގުޅިގެން މޯލްޑިވިއަން އިން ވަނީ މިއަދުން ފެށިގެން އިމަޖެންސީ ކޭސްއެއް އަތުވެއްޖެނަމަ، ފްލައިޓް ޝެޑިއުލުން އެންމެ އިސްކަމެއް ދީގެން އިމަޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާ ގޮތަށް ހަމަޖައްސާފަ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!