ޚަބަރު
ޖުމްހޫރީ މައިދާނުގައި ހުރި ފެން އަރުވާ ވަޑާން މަރާމާތު ކޮށް ރޯދަ އަށް ނިންމަނީ: އާދަމް ޝަރީފް އުމަރު

ރައީސް އަބްދުﷲ ޔާމީނު އަބަދުލް ގައްޔޫމުގެ ސަރުކާރުގައި ޖުމްހޫރީ މައިދާނުގައި ތަރައްގީކުރި ފެން އަރުވާ ވަޑާން ރަމަޝާން މަހަށް މަރާމާތު ކޮށް ނިންމުމުގެ މަސައްކަތް ފަށައިފިއެވެ.

ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެކްސްގައި ވިދާޅުވީ މަރާމާތަށްފަހު ޖުމްހޫރީ މައިދާނުގައި ހުރި ފެން އަރުވާ ވަޑާން އަންނަ ރޯދަ މަހަށް އާންމުކޮށް ހުޅުވާލުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާފައިވާ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ފެންއަރުވާ ވަޑާމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ސީއެސްއާރްގެ ދަށުން އެމްޓީސީސީއާ  ކަމަށާއި، އެހެންކަމުން އެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށެވެ.

ފެންއަރުވާ ވަޑާމަކީ ކުޑަކުދިން ހިތް އުފާ ކޮށްދޭން ގާއިމް ކޮށްފައި އޮތްތަނެކެވެ. އެތަން ގާއިމް ކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުންނެވެ. ނަމަވެސް އޭގެ ފަހުންރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެތަން ވަނީ ރޫޅާލާފައެވެ. އެހެނަކަމުން އަލުން އެތަން ބޭނުން ކުރެވޭނީ ފެންވަރު ރަނގަޅު ގޮތެއްގައި މަރާމާތު ކުރެވިގެން ކަމަށްވެސް އާދަމްޝަރީފް އުމަރު ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!