އީރާނުން ތިބީ ދޫދޭގޮތަކަށް ނޫން، އެމެރިކާއަށް ފަހުގެ އިންޒާރުދީފި
ޚަބަރު
އިހުމާލުން ދިވެހި ދަރިއެއްގެ ފުރާނަ ގެއްލިއްޖެ: އެމްޑީޕީ

ގއ. ވިލިނގިލީގައ ސްޓްރޯކެއް ޖެހި ހާލު ދެރަވި 13 އަހަރުގެ ކުޑަކުއްޖާއަށް ފަރުވާ ދިނުމަށް މާލެ ގެނައުން ލަސްވުމުގައި ސަރުކާރުގެ އިހުމާލު އެބައޮތް ކަމަށްބުނެ އެމްޑީޕީން ކަން ބޮޑުވުން ފާޅު ކޮށްފިއެވެ.

އެ ހާދިސާއާ ގުޅިގެން ސަރުކާރުން ނެރުނު ބަޔާނުގައި އިމަޖެންސީގައި ބަލި މީހުން އުފުލޭނެ އިންތިޒާމުތައް ހުރިކަން ކަށަވަރުވާއިރު, އެ ވަސީލަތްތައް ބޭނުން ނުކުރުން މި ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި، ސަރުކާރުގެ އިސްވެރިން މި ހާދިސާގެ ޒިންމާއިން ރެކި ދައުލަތުގެ ކުންފުނިތައް ބަދުނާމު ކުރާ ކުރުން މި ޕާޓީން ދެކެނީ ފިނޑި އަމަލެއްގެ ގޮތުގައި ކަމަށްވެސް އެމްޑީޕީން ބުނެއެވެ. އަދި އެ މައްސަލައިގައި ސަރުކާރުގެ އިސްވެރިން ޒިންމާ ނަގައި އާއިލާގެ ފަރާތުން މައާފަށް އެދުމަށް ވެސް އެމްޑިޕީން ވަނީ ގޮވާލަފައެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް މާޗު މަހުގެ އެއްވަނަ ދުވަހު ފެށުމާ ހަމައަށް ރާއްޖޭގައި ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުންޖެހޭ ކޮންމެ ހާލަތެއްގައި ފަސްނުޖެހި ބޭނުންކުރުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލަމެވެ.

އެމްޑިޕން މި ފަދަ ބަޔާނެއް ނެރެފައިވާއިރު، ރޭ ރައީސް ވަނީ ވިލިގިލިން ނިޔާވި ކުއްޖާގެ އާއިލާ އަށް ތައުޒިޔާވެސް ކިޔާފައެވެ.

އެހެންކަމުން ރައީސް އޮފީހުން ބުނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ޞިއްޙީ ފަރުވާ ދެމުން ގެންދަނިކޮށް، އުމުރުން 13 އަހަރުގެ ކުޑަ ކުއްޖެއްކަމުގައިވާ، ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުޙައްމަދު ޖާހު ޚާލިދު، ނިޔާވުމާއި ގުޅިގެން މަރްޙޫމް މުޙައްމަދު ޖާހު ޚާލިދުގެ މައިންބަފައިންނަށާއި ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެފައިވާ ކަމަށެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނީ ޖާހުގެ މަރުގެ ހަބަރު ރައީސް އެއްސެވީ ފުން ހިތާމައާއި ކަންބޮޑުވެވަޑައިގަތުމާ އެކުގައި ކަމަށާއި، އެ ހިތާމަވެރި ވަގުތުގައި، މަރްޙޫމް މުޙައްމަދު ޖާހު ޚާލިދުގެ މައިންބަފައިންނަށާއި ޢާއިލާއަށް ރައީސްގެ ފަރާތުން ތަޢުޒިޔާ ވިދާޅުވާ ކަމަށެވެ.
މަރުޙޫމް މުޙައްމަދު ޖާހު ޚާލިދުގެ ޞިއްޙީ ހާލަތު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް ގއ. ވިލިނގިލިން މާލެ ސިޓީއަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފުސީލީ މައުލޫމާތު ދެއްވުމަށާއި، މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނޭގޮތަށް، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި ޢަމަލުކުރަމުން އަންނަ ނިޒާމު އިޞްލާޙުކުރުމަށް،ވެސް ރައީސް ވަނީ ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގަވައިފައި ކަމަށެވެ.

ބަލި ޙާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ޙާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރައްވައި، ޞިއްޙީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުޞޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް ޢަމަލުކުރަމުން ގެންދެވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ޖާހުގެ މަރުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސް ހެޔޮ ދުޢާތައް ވަނީ މަރުޙޫމް މުޙައްމަދު ޖާހު ޚާލިދާއި އެ މަރުޙޫމްގެ ޢާއިލާއާ އެކުގައި ކަމަށާއި، މަރުޙޫމް މުޙައްމަދު ޖާހު ޚާލިދުގެ ތުއްތު ތުއްތު މަޢުޞޫމް ފުރާނަ، ކީރިތި ﷲގެ ރުއްސެވުމާއި އޯގާވަންތަކަމުގައި ލަހައްޓެވުމަށް އެދި ދުއާ ދަންނަވާކަމަށެވެ. އަދި އެ މަރުޙޫމްގެ މައިންބަފައިންނާއި ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުމަށްވެސް ރައީސްގެ މެސެޖުގައި ފާހަގަ ކޮށްފައި ވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!