ރިޕޯޓް
25 އަށްވުރެ ގިނަ ފަހަރު ސިޔާސީ ހައްޔަރުގައި ޖަލަށް، އެކަމަކު ޝަހީދުގެ ފިކުރަށް ބަދަލެއް ނެތް!

ސިޔާސީ ގޮތުން ހަށިފޮޅާލައި އެމީހެއްގެ ޕާޓީ ފިކުރުގައި ކުރީ ސަފަށް ނިކުންނަ ގިނަ މީހުންނަކީ އެއިރެއްގެ ސަރުކާރުން ޖަލުގެ ކުޑަ ގޮޅީގެ ތޭރިން އެތެރެއަށް ލާނެ މީހާއެވެެ. އެހެން ގޮތަކުން ބުނާނަމަ ސިޔާސީ ހައްޔަރީންނެވެ.

އެއީ ހުރިހާ ޤައުމެއްގައިވެސް އެކަން ހިގާނެ އުސޫލެވެ. އެގޮތަށް ހައްޔަރު ކުރެވޭ އިރު އެކިވަރުގެ އަނިޔާ ތައް ވުން އެއީ ވެސް ވަރަށް އާންމު ކަމެކެވެ.

ސިޔާސީ ހައްޔަރެއްގެ ގޮތުގައި ޝަހީދު ފުލުހުންގެ ބެލުމުގެދަށަށް ގެންދަނީ

ދިވެހި ރާއްޖޭގައި ވެސް އެކަން އޮތީ ހަމަ އެމޭރުމުންނެވެ. އެގޮތުން ރާއްޖޭގެ ތާރީޚްގައި މި ދެންނެވި ސިޔާސީ ހައްޔަރުގައި ބިޑި އަޅުވައި ޖަލު ބަންދު ކުރުން ގިނަ ވިއެވެ. އޭގެ ފަހުން ކޮންމެ ވެރިކަމެއް ގައިވެސް އެކަން ހިނގަމުން އައީ އެގޮތަށް ކަމުގައި ބުނެވިދާނެއެވެ.

ޕީޕީއެމް ޕީއެންސީގެ ބައްދަލުވުމެއްގައި ޝަހީދު

ހުވަދު އަތޮޅު އުތުރުބުރީ ދެއްވަދޫ/ ނަސްރީނުވިލާ އަށް އުފަން ނުވަތަ ގއ ދެއްވަދޫ ރައްޔިތެއް ކަމުގައިވާ ޝަހީދު އިބްރާހިމް އަކީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ސިޔާސީ މައިދާނަށް އިސްވެ ލިޔެވުނު ފަދައިން ކެރިގެން ކުރީ ސަފަށް ނުކުތް ޒުވާނުނެވެ. ފިކުރަކީ ޤައުމީ ފިކުރެވެ. ޢަޒުމަކީ ޤައުމިއްޔަތު ހިމާޔަތް ކުރުމެވެ. މިއަދުގެ ސިޔާސީ ބަހުން ނަމަ “ޕްރޯ މޯލްޑިވިއަން” އެކެވެ.

ރާއްޖޭގެ ދިފާޢީ ވުޒާރާ، އެމްއެންޑީއެފްގައި ސިފައިންގެ މީހެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު ސިޔާސީ ގޮތުން ކުރިޔަށް ވަޑައިގެންނެވި ޝަހީދުގެ ސިޔާސީ ތާރީޚަށް ނަޒަރު ހިންގާލުމުން އެންމެ ފާހަގަ ކުރެވުނު ކަމަކީ ސިޔާސީ ގޮތުން ބޭއްވި އެކި އެކި މުޒާހިރާ ތަށް ފަދަ ހަރަކާތްތަކުން ހައްޔަރުކުރުމެވެ.

އެ ހަރަކާތްތަކުގައި އެންމެ އިންޗިއެއް ވެސް ފަހަތަށް ޖެހި ވަޑައިނުގައްނަވާ ޝަހީދު މިހާތަނަށް 25 އައްވުރެ ގިނަ ފަހަރު ސިޔާސީ ހައްޔަރީ އެއްގެ ގޮތުގައި ޖަލަށް ގެންގޮސްފައި ވެއެވެ. އެހެން ނަމަވެސް އޭނާގެ ފިކުރަކަށް ޢަޒުމަކަށް ބަދަލެއް ނުގެންނަވައެވެ. ކުރިޔައް ވަޑައިގަތީ އޭނާގެ ޕާޓީ ޕީޕީއެމް ޕީއެންސީގެ އެކި އެކި މަޤާމުތައް ފުރުއްވަމުންނެވެ.

ޕާޓީގެ ވިސްނުމާއި ފިކުރުގައި ކުރައްވަން ޖެހިވަޑައިގަތް ކޮންމެ ކަމެއް އެއްވެސް ވަރުބަލި ކަމެއް ނެތި ކުރައްވަމުންނެވެ. ޕާޓީގެ ލީޑަރޝިޕާއި ގުޅިގެން، ޕާޓީއަށް މެމްބަރުން އެންމެ ބޭނުންވި ވަގުތު ޝަހީދު ހުންނެވީ ސިޔާސީ މަސައްކަތަށް ހުސްވެ ވަގުތުދީގެންނެވެ.

ޝަހީދުގެ ސިޔާސީ ބުރަ މަސައްކަތުގައި އެއް ވިސްނުމެއްގައި ދެމި ހުންނެވި ކަމުގެ އެންމެ ބޮޑު ޝަރަފަކީ ޕީޕީއެމް ޕީއެންސީގެ ބޮޑު ލަޝްކަރުގެ އިތުބާރެވެ. އެއްވެސް ޝައްކެއްނެތި ދޭ ލޯތްބެވެ. އެ ޕާޓީގެ މަތީ ފަޑިން ފެށިގެން ގްރާސް ރޫޓުގެ ކޮންމެ މީހަކަށް އޭނާ ދެކެ ފަރިތަވެ ކުރާ އިޙުތިރާމެވެ. ޚާއްޞަ ކޮށް އޭނާ އެ ދާއިރާ އަކަށް ނިސްބަތްވާ ގެމަނަފުށީ ދާއިރާ (ގެމަނަފުށި، ކަނޑުހުޅުދޫ ، ދެއްވަދޫ) ގެ ރައްޔިތުންނެވެ.

ސިޔާސީ ހަރަކާތެއްގައި ޝަހީދު ހަރަކާތްތެރިވަނީ

ފާއިތުވި ދުވަސް ތަކުގައި ޝަހީދުގެ ސިޔާސީ ހަރަކާތްތަކުން ވަރަށް ބޮޑަށް ފާހަގަ ކުރެވުނު އެހެން ކަމެއް މި ފުރުސަތުގައި ފާހަގަ ކޮށްލާނަމެވެ. އެއީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނުވަތަ ޕީޕީއެމް ޕީއެންސީ ވެރިކަމަށް ގެންނެވުމަށް ޑރ މުއިއްޒުގެ ސަފުގައި އަތާއި އަތް ގުޅާ ލައްވައިގެން ކުރެއްވި ބުރަ މަސައްކަތެވެ.

ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕާއި އެކު ރާއްޖޭގެ އެންމެ ދެކުނުން އުތުރަށް، ދޭހާ އަވީގައި ދަތުރުކޮށް، ލިބުނު ކުޑަދުވަސްކޮޅުގެ ކެމްޕެއިން ފުރިހަމަ ކުރީ އަމިއްލަ ގައުމީ މަސައްކަތްތަކެއްގެ ގޮތުގައެވެ.

ޝަހީދު ރަށަކަށް ވަޑައިގަތުމުން ބަޔަކު މަރުހަބާ ދަންނަވަނީ

ރައީސް ޑރ މުއިއްޒު ގެ ވެރިކަން ދިފާއު ކުރުމަށް އަދި ރިޔާސީ ވައުދުފުޅުތަކާއި އެއްގޮތަށް ބާރު ދުވެލީގައި މެކުހަށް ޖަހާފައި ވާއިރު ޝަހީދު ވެސް ހުންނެވީ ރައީސްގެ ޤައުމީ ދަތުރުފުޅަށް އެއްބާރުލުން ދެއްވުމަށެވެ. ގެމަނަފުށީ ދާއިރާގެ ރައީސް ގެ ހައިސިއްޔަތުން ސަރުކާރުކާރާއި ގުޅިގެން ހޯއްދަވަންޖެހޭ ހުރިހާ ތަރައްޤީ އެއް ޝަހީދުގެ ދައުރުގައި ގެންނަވާނެކަން ޔަގީނެވެ.

އެގޮތުން އޭނާގެ އެންމެ ބޮޑު ސަމާލުކަން ދެއްވީ އަމިއްލަ ދާއިރާ އަށެވެ. ސަރުކާރާ އެކު އޮތް ގާތް ގުޅުމާއި އިތުބާރާ އެކު ދާއިރާ ގެ 3 ރަށަށް މީގެ ކުރިން ދެކެފައި ނުވާ ފަދަ ތަރައްޤީ އެއް ގެންނެވުމުގެ ވަތަނީ ވިސްނުމުގައެވެ.

ރާއްޖޭގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އާއި އެކު ޝަހީދު

މި ރިޕޯޓު ލިޔުމަށް ވިސްނުމުގެ ކުރިން އަޅުގަނޑު ވެސް ޕީޕީއެމް ޕީއެންސީީ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ކުރެން އަހާލީމެވެ.

ދެއްވަދޫ ޝަހީދު މީ ސިޔާސީ ގޮތުން ކޮން ކަހަލަ ބޭފުޅެއްތޯއެވެ. ޝަހީދުމީ ރަނގަޅު ޕްރޮޑެކްޓެއް ތޯއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޝަހީދު ހަރަކާތްތެރިވަނީ

އެ ބޭފުޅުންގެ ޖަވާބު ވަރަށް ދިގެވެ. ނަމަވެސް އެ ތަޢުރީފުގެ ބަސްތައް ކުރުކޮށް އަޅުގަނޑު ބުނެ ލާނަމެވެ.

“ޝަހީދު ވަރެއް ނެތް. އެއީ ބެސްޓް”

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!