އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާއި ރައީސާއިންގެ މުސާރަ ދެގުނައަށް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެނެފިއެވެ.
މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޑަބްލިއުޑީސީ މެމްބަރުންނަށް މިހާރު ލިބެމުންދާ މުސާރަ އަކީ އެންމެ އެކަށޭނަ މުސާރައެއް ނޫން ކަމަށާއި، އެ މެމްބަރުންގެ މުސާރަ ބޮޑުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތައް ރަށްރަށަށް އިންތިޚާބުކޮށްފައިވާއިރު، ކޮމެޓީގެ މެމްބަރަކަށް މިހާރު އެލަވަންސްގެ ގޮތުގައި ލިބެނީ 2500 ރުފިޔާއެވެ. އަދި ކޮމެޓީގެ ރައީސާއަށް 3000 ރުފިޔާ ލިބެއެވެ.