ޚަބަރު
އަންހެނުން ކޮމެޓީގެ މުސާރަ ދެގުނައަށް ބޮޑުކޮށްދިނުމަށް ރައީސް ވައުދުވެ ވަޑައިގެންފި

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާއި ރައީސާއިންގެ މުސާރަ ދެގުނައަށް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެނެފިއެވެ.

ރައީސް އޮފީހުގެ ސްޕޯކް ޕާސަން މަބްރޫކް އަޒީޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑަބްލިއު،ޑީ،ސީ އަށް މިހާރު ކަނޑައަޅާފައިވާ މުސާރަ ދެގުނަ ބޮޑު ކުރައްވާނެ ކަމަށް ރައީސް ވައުދު ވެފައިވާ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހެން ވިދާޅުވެފައި މިވަނީ ތ. އަތޮޅު ކިނބިދޫ އަށް ވަޑައިގެން އެރަށު ކައުންސިލް މެންބަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޑަބްލިއުޑީސީ މެމްބަރުންނަށް މިހާރު ލިބެމުންދާ މުސާރަ އަކީ އެންމެ އެކަށޭނަ މުސާރައެއް ނޫން ކަމަށާއި، އެ މެމްބަރުންގެ މުސާރަ ބޮޑުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތައް ރަށްރަށަށް އިންތިޚާބުކޮށްފައިވާއިރު، ކޮމެޓީގެ މެމްބަރަކަށް މިހާރު އެލަވަންސްގެ ގޮތުގައި ލިބެނީ 2500 ރުފިޔާއެވެ. އަދި ކޮމެޓީގެ ރައީސާއަށް 3000 ރުފިޔާ ލިބެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!