ޚަބަރު
ސަރުކާރުގެ މާލީ ހިސާބު އާންމުކޮށްފި، ކުރީ ސަރުކާރަށްވުރެ ހަރަދު ކުޑަ!

ދައުލަތުގެ މާލީ ހިސާބުގެ ހަރަދު ކުރީ ސަރުކާރަށްވުރެ މި ސަރުކާރުގައި ކުޑަ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދައުލަތުގެ ބަޖެޓުން މިހާތަނަށް 836.3 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.
އެއީ ލޯނުތައް ދެއްކުމާއި އެހެނިހެން ހަރަދުތައް ހިމަނައިގެންނެވެ. ފިނޭންސް މިނިސްޓްރީން އާއްމުކުރި ރިޕޯޓްގައިވާ ގޮތުން މި ޖެނުއެރީ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދުގެ ގޮތުގައި ވަނީ 524 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ލޯނުތައް ދެއްކުމަށް 312.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މުސާރަ އާއި އިނާޔަތްތަކާއި ޕެންޝަނަށް 4.3 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައި ކަމަށްވެސް ވަނީ ފިނޭސްގެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
މީގެ އިތުރުން އިދާރީ ހިންގުމުގެ ހަރަދުގެ ގޮތުގައި މިހާތަނަށް ހިނގާފައިވާ ހަރަދަކީ 361.8 މިލިއަން ރުފިޔާ އެވެ. ޕީއެސްއައިޕީ ނުވަތަ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމަށް 141.3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ އާއި ހަރަދު، ހުސްވި އަހަރުގެ މި މުއްދަތާ އަަޅާބަލާއިރު ވަނީ ދަށްވެފައެވެ. ދައުލަތަށް މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބުނީ 390.3 މިލިއަން ރުފިޔާއެވެ. މިއަދަދަކީ ހުސްވި އަހަރުގެ އާމްދަނީގެ ގޮތުގައި ލިބުނު 474.7 މިލިއަން ރުފިޔާއަށް ވުރެ 84.4 މިލިއަން ރުފިޔާ ދަށް އަދަދެއްކަން ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ ބަޖެޓްގެ ގޮތުގައި މަޖިލީހުން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ފިނޭންސް މިނިސްޓްރީގެ ކޮންމެ މަހަކު އެއްފަހަރު ދައުލަތުގެ ހަރަދުތަކާއި ސަރުކާރުގެ ވުޒާރާތަކުގެ ހަރަދުތަކާއި ބެހޭ ތަފްސީލީ މައުލޫމާތު ހާމަކުރަމުން ގެންދެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!