ޚަބަރު
“އާބާދީ55” ގެ ޚާއްސަ ލޯގޯ އާންމު ކޮށްފި

ގދ.ތިނަދޫ ދެވަނަ ފަހަރަށް އާބާދުވިތާ 55 އަހަރު ފާހަގަ ކުރުމުގެ ގޮތުން “އާބާދީ55” އެއްގެ ލޯގޯ އާންމު ކޮށްފިއެވެ.

ތިނަދޫ ކައުންސިލުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ދެންމެ އާންމު ކުރި މި ލޯގޯއިން 3 ރިޔަލާއި، ބޮއްކުރައެއްގެ ދިރުބާ ކޮޅު ދައްކުވައިދޭ ޑިޒައިނެއް ފެންނަން ހުރެއެވެ.

އާބާދީ 55 ފާހަގަ ކުރުމަށް ބާއްވާ އިވެންޓުތަކާއި، ޚާއްސަ ހަރަކާތްތަކުގައި މި ލޯގޯ ބެނުން ކުރުމަށް ވަނީ ނިންމާފައެވެ.

މިލޯގޯ ފަރުމާކޮށްފައިވަނީ ތިނަދޫ ކައުންސިލުގެ ނައިބްރައީސް ނަސްރުﷲ އަލީއެވެ. އަދި މި ލޯގޯގެ ޑިޖިޓަލް ވާރސަން ޖެނެރޭޓް ކޮށްދިނީ، އަހުމަދު އަމްރު އަލީއެވެ.

“ހުވަދޫ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ނަސްރު ވިދާޅުވީ، މި ލޯގޯ އިން ރަމްޒު ކޮށްދެނީ 1966 ވަނަ އަހަރު ތިނަދޫ ދެވަނަ ފަހަރަށް އާބާދުވުމުން ތިނަދޫ ރައްޔިތުން ކުރި ދަތުރު ކަމަށާއި، އެއް މިސްރާބަކަށް ދަތުރު ކުރާތާ 55 އަހަރު ވެފައިވާ ކަމަށެވެ.

ގިނަ ޙަރަކާތްތަކާއެކު ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ތިނަދޫ އާބާދީ 55 ރަށް ޒީނަތްތެރި ކުރުމުގެ މަސައްކަތް ތަށް މިހާރު ކުރަމުން ދާއިރު، ތިނަދޫ ކައުންސިލާއި، ތިނަދޫގެ މުވައްސަސާ ތަކާއި، ޖަމިއްޔާ ތަކުގެ އެއްބާރުލުން ދަނީ ލިބެމުންނެވެ.

ތިނަދޫ މީހުން 1962 ވަނަ އަހަރު ރަށުން ބޭލުމަށް ފަހުން އަލުން އާބާދުވާން ފަށިތާ 55 އަހަރު ފެހޭނީ މި އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. ރަށަށް އަލުން އާބާދުވާން ފެށީ 1966 ވަނަ އަހަރުއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!