ޚަބަރު
ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެ

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެއެވެ.

އެ އެކްސިޑެންޓު ހިނގާފައި ވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ފާރެއްގައި ޖެހުމުންނެވެ. އެކްސިޑެންޓުގައި އަނިޔާވި 30 އަހަރުގެ ފިރިހެން މީހާއަށް ފުވައްމުލަކު ހޮޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް މާލެ ގެނައީ އެ ރޭގެ ވަގުތެއްގައެވެ.

އައިޖީއެމްއެޗަށް ގެނެސް މިމީހާއަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ. އިމްޖެންސީ ރޫމުގައި ފަރުވާ ދިނުމަށް ފަހު އޭނާގެ ހާލު ނާޒުުކު ކަމުން އައިސީޔޫއަށް ބަދަލުކުރީ އިއްޔެ އެވެ.

އެ މީހާ މިއަދު މަރުވެފައިވާކަން އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. އެ މީހާ މަރުވީ މިއަދު ހެނދުނު 8:30 ހާއިރު އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!