ރިޕޯޓް
އަންޑަރ ވޯޓަރ ޓަނަލް – ދުނިޔޭގެ ފެންވަރުގައި ނަން ވިދާލާނެ ޒަމާނީ އިންގިލާބެއް

ތަރައްގީގެ ހަލުވި ދުވެލީގައި ރާއްޖެ މިދަނި ދުބާއީއާއި ތުރުކީފަދަ ގައުމުތަކުގެ ކުލަތަކާއި، އުޖާލާ މަންޒަރުތަކާއި ދިމާލަށެވެ. އެހެންކަމުން އީޖާދީ ގޮތުން ރާއްޖެ ތަރައްގީވާއިރު ގުދުރަތީ ހިތްގައިމުކަމާއި ގުޅިލާމެހުމުން ހަގީގަތުގައިވެސް ރާއްޖެ ބަދަލުވާނީ ހިތާ ސިނކުޑީގައި ފަރުމާ ކުރެވިފައިވާ ބިންގަރާހާއި، އުސްއިމާރާތްތަކާއި، ބްރިޖްތަކުން ގުޅާލެވިފައިވާ ރަށްތަކއެކަކަށެވެ. ތަރައްގިއާއި ތަމައްދުންގެ ނިވިދިލި ކުލަބޮކިތަކުގެ ސީޓީއަކަށްވެސް މެއެވެ.
ދުނިޔޭގެ ގައުމުތަކުން ރީތި މަންޒަރުތަކާއި، އުޖާލާ ކުލަވަރުތައް އަބަދުވެސް ފެނެއެވެ. ނިވިދިލި ބޮކީގެ ހިތްގައިމު ކަމާއި، އަޖައިބުކުރުވަނިވި އުފާވެރި މަންޒަރުތަކެވެ. މި މަންޒަރު ދެކެލުމައްޓަކާއި ދުނިޔޭގެ އެކި މަންޒިލްތަކުގައި އުނދުހޭ ކޮކާތަކެއްފަދައިން އެތައްބަޔަކު އުޅެއެވެ. އެހެންކަމުން ދިވެހިން ވެސް މި އުފާތައް ހާސިލް ކުރުމައްޓަކާއި ގައުމުތަކަށް ޒިޔާރަތް ކުރެއެއެވެ. ހާއްސަކޮށް ދިވެހިންގެ މަގުބޫލު ކަން ހޯދާފައިވާ ތުރުކީ ދުބާއީ ފަދަ ގައުމުތަކަކީ މިބުނާ ފަދަ ހިތްގައިމު މަންޒިލްތަކެވެ. ސަބަބަކީ އެތަންތަނުގެ ހިތްގައިމު ކަމާއި ޗާލުކަން ފެނި ހަނގީގަތުގައިވެސް އެތައްބަޔަކަ ޗުއްޓީ ހޭދަކުރުމަށް ދިއުމުގެ ޝައުގުވެރިކަން އުފެދޭތީއެވެ.
ނަމަވެސް އިންޑިއާ ކަނޑުގެ ޖަޒީރާ ކުދިރައްތަކެއްގެ ގޮތުގައި އެތުރިފައި މިއޮތް ރާއްޖެ އަށް ލިބިފައިވަނީ އުފެއްދުންތެރި އީޖާދަށްވުރެ މާފުރިހަމަ ހިތްގައިމު ކަމެކެވެ. ގުދުރަތީ ރީތިކަމާއި، ހަނދުވަރީ އޮމާން ކަމެވެ. މިއުޒިކެއްފަދަ ވައިރޯޅިއަކީވެސް ހިތާއި ސިނކުޑި އޭގެ ތެރެއިން ނަފްސަށް އުފާ ކޮށްދޭނެ ހިތްގައިމު ކަމެކެވެ. މިކަންކަމާއި ހުރެ ރާއްޖެއަށް އަންނަ ބޭރުގެ ފަތުރުވެރިންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް ގިނަވެ ރާއްޖެ އަކީ ބޭރު މީހުންގެ ހިތްތަކުގެ މަންޒިލަކަށް ވަނީ ވެފައެވެ.
ކަން މިހެން އޮވެމެ، ދިވެހިންތިބީ މި އުފަލާ މި ޝަރަފުގައެވެ. ދުނިޔޭގެ ގައުމުތަކުން ރާއްޖެ ކުރިއަރަން އެދިއެދިއެވެ. ދިވެހިންގެ ނަސީބު ވަރަށްވެސް ރަނގަޅެވެ. ތަރައްގީއާއި ތަމައްދުންގެ ހަލުވި ދުވެލީގައި ރާއްޖެ ކޮޅަށް ޖެހުމަށް 2023 ރައީސް ނުކުތި އާ ހިތްވަރަކާއި އާ އަޒުމަކާއި އެކުގައެވެ. ރައީސްގެ ކޮންމެ ތަގުރީރަކީ ދިވެހިންނަށް އާ އުއްމީދެކެވެ. އާ އަލިކަމެކެވެ. ރައީސް ވިދާޅުވާ ކޮންމެ ވިދާޅުވުމެއްގައި މާނައެއް އެކުލެވިގެންވެއެވެ.
މާލޭ ސިޓީ ކައުންސިލް އަށް އަލަށް ހޮވުނު މޭޔަރާއި އަދި ކައުންސިލަރުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި ވިދާޅުވުމަކީވެސް ދިވެހިންގެ ތަރައްގީއާއި، ދިވެހި ގައުމަށް ފަހި ދުވަސްތަކުގެ އުފާވެރި ސިގްނަލެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ ފުރަތަމަ، ކަނޑުއަޑީގެ ބިންގަރާސް މާލެއާއި، ރަސްމާލެ އާއި ދޭތެރޭގަ ގާއިމް ކުރަން ނިންމަވާފައިވާ ކަމަށެވެ. ފުށިދިއްގަރު ފަޅު ހިއްކައިގެން ހަދާ ރަސްމާލެ، މާލެ ސިޓީއާ ގުޅުވާނީ ދުނިޔޭގެ ފުރަތަމަ ގާއިމް ކުރާ ‘އަންޑަވޯޓާ ޓަނަލް’ އަކާއި އެކުގައި ކަމަށެވެ. އަދި އެ ޓަނަލް ގާއިމް ކުރުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ބިންގަރާސް އެތެރެއިން ރޭލުގައި ދަތުރުކުރާއިރު ކަނޑުއަޑީގެ ރީތި މަންޒަރުތައް ހަދާފައިވާ ޓަނަލްއަކަށް އެތަންވާނެ ކަމަށެވެ. އެހެންކަމުން އެމަސައްކަތް ކުރުމުގެ ގާބިލްކަންހުރި ކުންފުނިތަކާއި މިހާރު ވަނީ މަޝްވަރާ ކުރެވިފައިކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ފާހަގަ ކުރެއްވީ މިއީ ރާއްޖެއަށް ޓޫރިސްޓުން އިތުރުވާނެ މަޝްރޫއެއް ކަމަށެވެ. އެހެންކަމުން މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިކަން ފުޅާވެ އިތުރަށް ފަތުރުވެރިކަމުގެ ބޮޑު މަންޒިލަކަށް ރާއްޖެ ވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގައި ފަށާފައިވާ މަޝްރުއުތަކުގެ ތެރެއިން ރަސްމާލެ މަޝްރޫއުއަކީ ރާއްޖޭގައި ބޯހިޔާވަހިކަމަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫއުއެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބޮޑު ބިމެކެވެ. އެތައްބަޔަކަށް ބޯހިޔާވަހިކަން ލިބޭނެ ހިތްގައިމު ތަނަކެވެ. މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި ރަސްމާލެއާއެކު މި ފަސް އަހަރު ނިމޭއިރު ރާއްޖޭގައި ބޯހިޔާވަހިކަން ފޯރުކޮށްނުދެވޭ އެއްވެސް މީހެއް ނުހުންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ދުރު ވިސްނޭ ޕްލޭނާއި ހިކުމަތްތެރިކަމުގެ އަސްލެއްގެ ގޮތުން ރާއްޖެ ކުރިއަށް އޮތްގާއި ފެންނާނީ ދިވެހިން އެދޭފަދަ ރާއްޖެ އެއްގެ ގޮތުގައެވެ. އަދި މި ފަސް އަހަރުގެ ތެރޭގައި މާލޭގެ މަގުތައް ހަދައި މާލޭގެ ޕާކިންގެ ދަތިކަމުގެ މައްސަލަވެސް ހައްލު ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުންވެސް ވިލިމާލޭގެ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލް އެޅުމާއި، މަސް މާރުކޭޓްގެ މަސައްކަތް ރޯދައިގެ ފަހުން ފެށުމަށް ރޭވިފައިވާކަމަށާއި، ސިނަމާލެ ސަރަހައްދުގައި މިހާރު ހުރި 5 އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް އައު އިމާރާތެއް އެޅުމުގެ މަސައްކަތާއި، ވިލިމާލޭގައި ގާއިމުކުރާ 500 ހައުސިންގ ޔުނިޓުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ކަންއޮތީ މިހެންނެވެ. ހަނގީގަތަކީ ދިވެހިންގެ އުއްމީދުތަކުގެ އަލިކަމުގެ ވޮއް ދިއްލިއްޖެ ކަމެވެ. ހުވަފެނީ ދުވަސްތަކުން ދިވެހިންއަރަގަނެވި ތަރައްގިއާއި ތަމައްދުންގައި ފިޔަޖަހާއިގަނެ އުނދުއްސާ ގަތުމަށް ދިވެހީންގެ ރައީސް މަގުކޮށައިދީފި ކަމެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!