ޚަބަރު
ގިނަބައެއްގެ ތަރުހީބުލިބިފައިވާ “އޮފީސްތަކުގެ ޓެލެޑްރާމާމުބާރާތް” އަހަރުތަކަކަށްފަހު އަލުން ފަށަނީ

އޮފީސްތަކުގެ ޑްރާމާ މުބާރާތް ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ބޭއްވުމަށް ނިންމައިފިއެވެ.

ނެޝަނަލް ސެންޓާ ފޯ އާޓްސް އިން މިއަދު ބުނީ “އެންސީއޭ – އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 2024” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ޓެލެޑްރާމާގެ ތީމް އަކީ އެ އޮފީހެއް، މުއައްސަސާއެއް ނުވަތަ ކުންފުންޏެއްގެ މައިގަނޑު މަސައްކަތްތަކާ ގުޅުން ހުރި އަދި އިޖްތިމާއީ މައްސަލައަކަށާއި އެއަށް ހައްލެއް ހޯދޭނެ ތީމެއްގެ ކަމަށް ބުންޏެވެ.

މީގެ އިތުރުން ރާއްޖޭގެ ގާނޫނާއި ގަވާއިދާއި ރާއްޖޭގެ ތާރީހާއި އާދަކާދަ އާއި ހިލާފު ނުވާ މުޖްތަމައުގައި ހިމެނޭ ދޭދޭ އަފްރާދުންގެ މެދުގައި މަސްލަހަތު ނުގެއްލޭފަދަ ތީމްއަކަށް ވެސް ވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

މި މުބާރާތަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް ފަންނުވެރީންނަށް ހިތްވަރުދީ އަގުވަޒަންކޮށް އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްޓުމުގެ މަގްސަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.

މި މުބާރާތުގެ ބައިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ފެބްރުއަރީ އެކެއްގެ ކުރީން ފޯމް ހުށައަޅަން ޖެހެ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!