ޚަބަރު
ރިސޯޓުތަކުގައި %70 ބިދޭސީންނަށް މަސައްކަތް ކުރެވޭގޮތަށް ހަދަނީ

ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ ނިސްބަތް %70 އާއި ހަމައަށް އުފުލުމުގެ ފުރުސަތު ދޭން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ޓޫރިޒަމް މިނިސްޓްރީގައި އެދިއްޖެއެވެ.

ޓުއަރިޒަމް މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި މަޓީން ހުށަހަޅާފައިވަނީ ރިސޯޓުތަކުގައި، %70 އާއި ހަމައަށް ބިދޭސީންނަށް މަސައްކަތް ކުރެވޭގޮތަށް ހެދުމަށްފަހި، ދިވެހިން މަސައްކަތް ކުރާން ލާޒިމްކުރާ ނިސްބަތް %30ގައި ބޭއްވުމަށް ކަމުގައެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވަނީ، ދިވެހި މުވައްޒަފުންގެ ރޭޝިއޯއަށް ގެންނާނެ އެންމެ ރަގަޅު ބަދަލަކާއި ގުޅޭގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާ ކުރަމުންދާކަމަށްވެސް ޓުއަރިޒަމް މިނިސްޓްރީން ބުނެފައި ވެއެވެ.

ރިސޯޓުތަކުގައި %70 އާއި ހަމައަށް، ބިދޭސީންނަށް ވަޒީފާ އަދާކުރެވޭ ނިސްބަތް މަތި ކުރުމަށް މަޓީން ހުށަހަޅާފައިވަނީ، “ޕީޕަލް ފަސްޓް އެޗްއާރް ކޮންސަލްޓެންސީ” އިން ހެދި ދިރާސާއަކަށް ރިއާޔަތް ކުރުމަށްފަހުގައެވެ. އެ ދިރާސާއިން ދައްކާފައިވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާވަރަށް 2027 ވަނަ އަހަރާއި ހަމައަށް ދާއިރުވެސް މުވައްޒަފުން ނު އުފެއްދޭނެ ކަމަށެވެ. މިގޮތުން 2027 ވަނަ އަހަރު މި ސިނާއަތަށް 78،000 މުވައްޒަފުން ބޭނުންވާއިރު، އެހާތަނާއި ހަމައަށް ދާއިރު، މި ސިނާއަތުގައި މަސައްކަތް ކުރުމަށް ރާއްޖޭގެ މާކެޓުން ލިބެންހުންނާނީ 18،000 ދިވެހިންކަމަށް އެ ދިރާސާގައި ބުނެފައި ވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މި ވަގުތު 40،000 މުވައްޒަފުން ވަޒީފާ އަދާކުރަމުންދާއިރު، އޭގެ ތެރޭގައި ތިބީ 15،000 ދިވެހިންނެވެ.

ޓުއަރިޒަމް މިނިސްޓްރީން މިހާރު ހަމަޖައްސާފަ އޮންނަ ގޮތުން ރާއްޖޭގެ ރިސޯޓުތަކުގައި ބިދޭސީންނަށް ވަޒީފާ އަދާކުރެވޭނޭ %55 އާއި ހަމައަށެވެ. އެހެންނަމަވެސް މިހާރުވެސް ރިސޯޓު ތަކުގައި އެ އަދަދަށްވުރެ ގިނައިން ބިދޭސީން މަސައްކަތް ކުރަމުންދެއެވެ.

އަދި ދިވެހިން ލިބެން ހުންނަ ވަޒީފާތަކަށްވެސް ބިދޭން ރިސޯޓުތަކުން ނަގަމުންދާކަމުގެ ޝަކުވާ ބޮޑެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!