ޚަބަރު
ހުޅުމާލޭ ފޭސްދޭއްގައި ގާއިމުކުރާ މިސްކިތްތައް އަހަރެއްހާ ދުވަަސްތެރޭ ނިމޭނެ: ޑރ. ޝަހީމް

ހުޅުމާލޭ ފޭސް ދޭއްގައި ޤާއިމުކުރާ ހުރިހާ މިސްކިތެއް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝަހީމް މިފަދައިން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ ހިލޭ އެހީގެ ދަށުން މިސްކިތްތަށް އިމާރާތް ކުރުމަށް އެދޭ ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ޝަހީމް ވިދާޅުވީ ހުޅުމާލޭ ފޭސް ދޭއްގައި ޤާއިމު ކުރާ ހުރިހާ މިސްކިތެއް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށާއި އޭގެތެރެއިން ހުޅުމޭލެ ފޭސް ދޭއްގައި އަޅާ 1،500 މީހުންގެ ދާއިމީ މިސްކިތް ކުރިއަށް މި އޮތް ރަމަޟާން މަހަށް ނިމިގެންދާނެ ކަމަށެވެ. އަދި މި މިސްކިތުގައި ދަމު ނަމާދާއި ތަރާވީސް ނަމާދުވެސް ކުރެވިގެންދާނެ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މިނިސްޓަރ ޝަހީމް ވިދާޅުވީ  އަމިއްލަ ޚަރަދުގައި މިސްކިތް ބިނާކުރުމަކީ ވަރަށް މާތް މަތިވެރި ކަމެއް ކަމަށާއި އެއީ މާތް الله ލޯބިވެވޮޑިގަންނަވާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި އަޅާފައިވާ ރީތި ބޮޑެތި މިސްކިތްތަކަކީ އަމިއްލަ ފަރުދުންނާއި އާއިލާތަކާއި ވިޔަފާރިތަކުން ކަމަށާއި، އެކަމުން ދައްކުވައިދެނީ އާންމު ފަރުދުންގެ މެދުގައި ދީނީ ކަންތައްތަކަށް އޮތް ލޯބި ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިފަދަ މަސައްކަތްތައް ކުރާ އެންމެހާ ފަރާތްތަކަށް ސަރުކާރުން އެއަބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ޝަހީމް ގެ ވާހަކަފުޅުގައި ވަނީ ދެއްވާފައެވެ.

“އަޅުގަނޑުމެންގެ ވުޒާރާ އިން ވާނެ އަޅުގަނޑުގެ އިލްތިމާސްއެއް ކޮށްފައި މުޖުތަމައުއަށް، ތަނަވެސްކަމުގެ އަހުލުވެރިން މުދަލާއި ފައިސާ ރާއްޖޭއިން ބޭރަށް ޚަރަދުނުކޮށް، އެންމެ ރަނގަޅު ގޮތަކީ އެ ޤައުމެއްގެ ތަނަވަސް ކަމުގެ އަހުލުވެރިންގެ ސަދަޤާތާއި ހައިރާތުގެ ފައިސާ އެ ޤައުމެއްގެ އެތެރެއަށް ޚަރަދުކުރުން އެހެންނަމަވެސް އިންސާނީ ދަތި ހާލަތު މެދުވެރިވާ ހިނދު ބޭރުގެ ފަރާރްތަކާއި މުސްލިމުން އަޚުންނަށް އެހީވުމަކީ ކުރަންޖެހޭ ކަމެއް. ތަނަވަސް ކަމުގެ އަހުލުވެރިންނަށް އޮތް އިލްތިމާސް ކުރަނީ މިސްކިތްތައް ބިނާކުރުމުގައި އެހީތެރިވެދޭށޭ.”

ޝަހީމް ވިދާޅުވިއެވެ.

ދާދި ފަހުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރަމުންދާ މިސްކިތުގެ މަސައްކަތްތައް ހިނގަމުންދާގޮތް މިނިސްޓަރ ޝަހީމް ބައްލަވާލައްވާފައިވާއިރު މީގެ ކުރިން މިނިސްޓަރ ޝަހީމް ވަނީ އަމިއްލަ ފަރާތްތަކެއްގަ ދީލަތި އެހީގައި ހުޅުމާލެގައި އިތުރު 2 މިސްކިތް، މާލެގައި ތިންބުރީގެ 1 މިސްކިތް އެޅުމަށް ފުރުސަތު ލިބިފައިވާކަމަށާއި ކުރިއަށް އޮތް ދޮޅުއަހަރު ތެރޭ އެ ތަންތަނުގެ މަސައްކަތް ނިމޭނެކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރަން ބޭނުންވާ ފަރާތްތަކަށް މިދިޔަ ޑިސެމްބަރުގައި މިނިސްޓްރީން ވަނީ އެ ފުރުސަތު ހުޅުވައިލައިފައިވާއިރު، މިސްކިތްތަކުގެ އާބާތުރަ ފިލުވައި، ރީތިކޮށް ބެލެހެއްޓުމަށް ޓަކައި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެކަމަށް ކުރެވޭ ޚަރަދު މިހާރަށްވުރެ ތިންގުނައަށް އިތުރުކުރަން ސަރުކާރުން ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!