ރިޕޯޓް
އެމްޑީޕީ ޑިމޮކްރެޓްސްގެ ގުޅުން: ބައެއްގެ އަމިއްލަ މަސްލަޙަތު ހިމާޔަތްކުރަން ކުޅޭ ގޭމެއް؟

ނިމިދިޔަ އެމްޑީޕީ ސަރުކާރަށް 2 އަހަރުވީއިރު އެމްޑީޕީގެ ތެރޭގައި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވަނިކޮށް އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު އޭރުގެ އެމްޑީޕީ ސަރުކާރަށް އެމްޑީޕީގެ ތެރޭގައި ތިބި ނަޝީދުގެ ސަޕޯޓަރުންގެ ފާޑުކިޔުމާއި އެކި ތުހުމަތުތަކާއި ނުރުހުން އަމާޒުވެގެން ދިޔައެވެ.

އެމްޑީޕީގެ ސަޕޯޓަރުންނާއި އެމްޑީޕީ ސަރުކާރާއި ޖެހެމުންދިޔަ މައްސަލަތައް އިތުރަށް ގޯސްވެގެން ދިޔައީ އެ ޕާޓީގެ އެތެރޭގެ އިންތިޚާބު ބޯމަތިވުމާއިއެކު ޕާޓީގައި 2 ފެކްޝަން އުފެދުނު ހިސާބުންނެވެ. އެއާއިއެކު ރައީސް ނަޝީދުގެ ސަޕޯޓަރުން ރައީސް ނަޝީދަށް ތާއީދުކުރާ ބައެއް މަޖްލިސް މެމްބަރުންނާއިއެކު އެމްޑީޕީ އާއި ދެކޮޅަށް ސީދާ އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙާއި ދެކޮޅަށް މަސައްކަތް ކުރަން ފެށިއެވެ.

އެއާއިއެކު ދެން އުފެދިގެންއައީ ”ފިކުރެއްގެ ދިރުން“ ނަމުގައި ރައީސް ނަޝީދުގެ ފެކްޝަނެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ނިމި ޗެއާރޕާސަން ކަަމަށް ފައްޔާޒް އިންތިޚާބުވީ އިރު ފެންނަ ފެނުމަށް 2 ފެކްޝަން އޮތީ ރަނގަޅަށްވެސް ޖެހިފައެވެ. މި ހަނގުރާމަ އިތުރަށް ގޯސްވެގެން ދިޔައީ 2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ހޯދުމަށް އެމްޑީޕީން ބޭއްވި ޕްރައިމަރީއަށް ފަހުގައެވެ. އެހެންނަމަވެސް އޭރުގެ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ވެރިންނާއި އެކްޓިވިސްޓުން ބުނަމުން ގެންދިޔައީ މިއީ އެމްޑީޕީން ކުޅޭ ސިޔާސީ ކުޅިއެއްކަމަށާއި، ދެ ނަމެއްގައި ތިއްބަސް އެމްޑީޕީ ވާނީ ހަމަ އެމްޑީޕީއަށް ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙު ކަށަވަރު ކުރެއްވި ހިސާބުން އެމްޑީޕީ ރޫޅި ރައީސް ނަޝީދު އިސްވެ ހުންނަވާ ”ދަ ޑިމޮކްރެޓްސް“ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވިއެވެ. މައްސަލަ ގަނޑުގެ ތެރެއަށް ދެން އިތުރުވެގެން ދިޔަ ބޮޅަކީ މަޖްލިސް ރައީސް ކަމުގައި ހުންނެވި ރައީސް ނަޝީދާއި ނައިބު އީވާ ގެ އިތުބާރުނެތް ކަމުގެ މައްސަލައެވެ. މުޅި މަޖްލިސް މަރު ތަޅުއަޅުވައިގެން އެތައް ދުވަހެއް ދިގު ދަންމަނިކޮށް ދެން ކުރިމަތިވީ 2023 ގެ ރިޔާސީ އިންތިޚާބާއެވެ. ޑިމޮކްރެޓްސް ޕާޓީގެ ޓިކެޓްގައި ރިޔާސީ ރޭހަށް އިލްޔާސް ލަބީބް ކެންޑިޑޭޓެއްގެ ގޮތުގައި ނެރުނެވެ. އިންތިޚާބުގެ ފުރަތަމަ ބުރުންވެސް އެމްޑީޕީ ބަލިވެ، މިހާރުގެ ރައީސް ޑރ. މުޢިއްޒު ކުރި ހޯއްދަވާފައިވާއިރު، ރިޔާސީ ރޭހުގެ 3 ވަނައިގައި  އޮތީ 15 ހާހެއްހާ ވޯޓު ހޯއްދެވި ”ދަ ޑިމޮކްރެޓްސް“ އެވެ.

މިއާއިއެކު ފެނިގެން ދިޔައީ ސިޔާސީ ޕާޓީތަކުގެ ކޯލިޝަން މަޝްވަރާތަކެވެ. މި މަޝްވަރާ ތަކާއިއެކު ކުއްލިއަކަށް އެމްޑީޕީން ކުރިން އިތުބާރުނެތް މަޖްލިސް ރައީސް ނަޝީދަށާއި، ނައިބު އީވާ އަށް އިތުބާރު އޮތްކަމަށް ނިންމާ މައްސަލަ އަނބުރާ ގެންދިޔައެވެ. އެހެންނަމަވެސް ސިޔާސީ މަޝްވަރާތަކެއް އެމްޑީޕީ އާއި އަދި ޕީޕީއެމް/ޕީއެންސީއާއިއެކު ކުރުމަށްފަހު ޑިމޮކްރެޓުން ނިންމީ އެއްވެސް ބަޔަކާއިއެކު ކޯލިޝަން ނުހެދުމަށެވެ. ދެން ހުރި ޕާޓީތަކުން ވެސް އެފަދައިން ނިންމި އިރު ކުޑަ 2 ޕާޓީއަކުން ރައީސް މުޢިއްޒު އާއި އެކު މަސައްކަތް ފެއްޓެވިއެވެ.

ރައީސް މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ހިސާބުން އެމްޑީޕީން ރައީސް ނަޝީދަށާއި، ޑިމޮކްރެޓްސް އަށް ބަހުގެ ހަމަލާތައްދީ އެމްޑީޕީ ސަރުކާރު ބަލިވުމުގެ އަސްލަކީ ރައީސް ނަޝީދާއި ޑިމޮކްރެޓުން ކަމުގައި ބުނެ އަޑު ގަދަކޮށްލިއެވެ. ބޭއަދަބީ އެތައް ވާހަކަތަކާއި، އެމްޑީޕީއާއި އިދިކޮޅު ޕާޓީތަކުންވެސް ނުކިޔާފަދަ އެތައް ހުތުރު އެއްޗެތި ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުންނަށް ގޮވިއެވެ. އެއާއިއެކު އަނެއްކާވެސް މަޖްލިސް ރައީސް ނަޝީދާއި ނައިބު އީވާގެ އިތުބާރު ނެތްކަމަށް ބުނެ މަޖްލީހަށް މައްސަލަ ހުށަހެޅިއެވެ. މިކަމާއި އިންތިޚާބީ ރައީސް ޑރ. މުޢިއްޒުގެ ހުވާ ކުރުމުގެ ޙަފްލާއާއި އެމްޑީޕީން ގުޅުވާލައި އެ ރަސްމިއްޔާތަށް ހުރަސް އެޅުމަށް ނިންމިއެވެ. މައްސަލަގަނޑު ހޫނުވެ އެންމެ ފަހުން މަޖްލިސް ރައީސް އާއި ނައިބު ރައީސް އިސްތިއުފާ ދެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު ހުވާ ކުރެއްވުމާއިއެކު އެންމެ ޑިމޮކްރެސީ ދަންނަ ޕާޓީ ކަމަށްބުނާ އެމްޑީޕީއިން ފެއްޓެވީ މާ ހުތުރު ކުޅިވަރެކެވެ. ކުއްލިއަކަށް ރައީސުލް ޖުމްހޫރިއްޔާ ޢަޒުލުކުރުމުގެ ވާހަކައާއި، ރައްޔިތުންގެ މަޖްލީހުގެ ތެރެއިން އެމްޑީޕީގެ ސުޕަރ މެޖޯރިޓީ ނުހަމަ ގޮތުގައި ބޭނުންކޮށްގެން ޤާނޫނަށް ބަދަލުގެނެސްގެން އެމްޑީޕީ މެމްބަރުންގެ އެކަނި ވޯޓުން ރައީސުލް ޖުމްހޫރިއްޔާ ޢަޒުލުކުރެވޭނެ އެންމެ ފަހި ގޮތްތައް ހަމަޖެއްސިއެވެ. ގިނަ ދިވެހި ރައްޔިތުންގެ ކުރިމަތީ އެމްޑީޕީގެ ފިނޑިކަން ހާމަވެ އެތައް ބައެއްގެ ނުރުހުން އެމްޑީޕީއަށް އަމާޒުވެފައި ވަނިކޮށް، ކުއްލިއަކަށް ފެނިގެންދިޔައީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީގެ 13 މެމްބަރަކު ވެރިކަންކުރާ ޕީއެންސީއާއި ގުޅިވަޑައިގެންނެވި މަންޒަރެވެ. މިއާއިއެކު އެމްޑީޕީގެ ރާގު ބަދަލުވެ ބުނީ އެއީ ރައީސް ޢަޒުލުކުރަން ކުރިކަމެއް ނޫންކަމަށެވެ.

ރައީސް މުޢިއްޒުގެ ސަރުކާރަށް މަހެއް ވީއިރު ފެނިގެން ދިޔައީ ފާއިތުވެ ދިޔަ ސަރުކާރުތަކަށްވުރެ ހަލު ސްޕީޑްގައި ތަރައްޤީގެ މަޝްރޫޢުތައް ފެއްޓެވި މަންޒަރެވެ. ބިން ހިއްކުމާއި، ކުރީ ސަރުކާރުން ފެށި ބުރަކި ޖެހިފައިހުރި އެތައް މަޝްރޫޢުތަކެއް ނިންމާލި މަންޒަރެވެ. އެގޮތުން 5 އަހަރު މާލޭގައި ބަންދުކޮށްފައި ހުރި މަގުތައް ހުޅުވާލުމާއި، އެމްޑީޕީ ސަރުކާރަށް ނުނިމުނު އަމީނީމަގުގެ މަސައްކަތް ނިންމާލުމާއި، ރަށްރަށުގެ މަގުތައް ހެދުމުގެ މަސައްކަތްތަކާއި، މިހެންގޮސް ޖުމްލަކޮށް ރައްޔިތުންނަށް މަންފާވާނެ އެތައް ކަމެއް އަލަށް ފައްޓަވާ އަދި ކުރިއަށް އެތައް މަޝްރޫޢުތަކެއް ސަރުކާރުން ވަނީ އިޢުލާނުކުރައްވާފައެވެ. އަދި ރައީސް ގެ ޗައިނާ ދަތުރު ފުޅަށްފަހު ޚާރިޖީ ސިޔާސަތު ވަކި ޤައުމަކަށް ބަރޯސާވެފައިއޮތް އޮތުން ނިމުމަކަށް އައި ކަމުގެ ފެހި ސިގުނަލް ދިވެހިންނަށް ލިބިގެންދިޔައެވެ.

މިއާއިއެކު އެމްޑީޕީން ކުއްލިއަކަށް ޚާރިޖީ ސިޔާސަަތު މައުޟޫޢު އަކަށް ނަގައިގެން ކުރިއަށްއޮތް ރައްޔިތުންގެ މަޖްލީހަށް ތައްޔާރުވެގެން ތިބި އެމްޑީޕީގެ މެމްބަރުން ގޮނޑި ދިފާޢުކުރުމަށް ސައްލާތަކެއް ކުރަންފެށިއެވެ. އެއްކަލަ ތެލާއި ފެނާއި ކަމަށްބުނި އެމްޑީޕީ އާއި ޑިމޮކްރެޓްސް އެއްގަލަކަށް އެރުމުގެ މަސައްކަތް ފަށައިގަނެ އެކުގައި ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަން ފަށައިފިއެވެ. އެންމެ ފުރަތަމަ ބައްދަލުވުން ޚާއްސަކުރީ ދިވެހި ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ގުޅޭގޮތުންނެވެ. ފާއިތުވި 5 އަހަރު އެއް ޤައުމަކަށް ބަރޯސާވެ އެތައް ލޯނުތަކެއް ނަގައި ތަރައްޤީގެ މާބޮޑެތި މަޝްރޫޢު ތަކެއް ހިންގިފައި ނުވާއިރު، ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމަށްވާ ޗައިނާއާއި ސަރުކާރުގެ ގުޅުން ކުރިން ހީނަރުވެފައި އޮތް އޮތުން ނިމުމަކަށް މިވަނީ އައިސްފައެވެ. އަދި ޗައިނާއިން ވަނީ ރާއްޖެއަށް 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެހެނިހެން ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމުގައި މުހިންމު ބައިވެރިއެއްގެ ގޮތުގައި އެފަދަ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. ކަން މިހެން އޮތްއިރު އެމްޑީޕީއިން ދެކޮޅު މި ހަދަނީ ޚާރިޖީ ސިޔާސަތާއިތޯ ނުވަތަ ދިވެހި ރާއްޖޭގެ ތަރައްޤީއާއިތޯ ސުވާލު އުފެދެނީ މިހެންވެއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ރައީސް ނަޝީދު އެމްޑީޕީއާއި ފެޔަށްޖެހި އުފެއްދެވި ޕާޓީ ދަ ޑިމޮކްރެޓްސްއާއި އަލުން ގުޅިގެން މަސައްކަތް ފެށުމަށް ނިންމުމުން އެ ދެ ޕާޓީގެ ގިނަ މެމްބަރުންތަކެއް ޕާޓީއާއި ދުރަށް ދިއުމަށް ނިންމާ ސޯޝަލް މީޑިއާ ވަނީ ކެމްޕޭނެއް ފަށާފައެވެ.

އެ ޕާޓީގެ ގްރާސްރޫޓް މެމްބަރު ބަނބުކެޔޮ ހުސައިން ފަދަ ބޭފުޅުން ބުނަނީ ރައީސް ނަޝީދުއަށް އެމްޑީޕީގެ ޤައުމީ މަޖްލިސް މެންބަރުންނާއި އެމްޑީޕީ މަޖިލީސް މެންބަރުން ލައްވާ ފުރައްސާރަކޮށް ގަޔަށްބޮލައް އަރުވާ ކުޑައިމީސްކޮށް އެވަރުން ނުވެގެން އެންމެފަހުން އެމްޑީޕީ އިންވެސް ބޭރުކޮށް އެމަނިކުފާނަ ތާއީދުކުރި އެތައްހާސް މެންބަރުން ބޭރުކުރީމާ އެމްޑީޕީއާއިއެކު ދައްކަން ޖެހޭވާހަކައެއް ނޯންނާނެ، ކަން ވަރަށް ސާފު ކަމަށެވެ. އަދި އެމްޑީޕީގެ އާންމު މެމްބަރުން ބުނަނީ އެމްޑީޕީ ގެ އަސާސްތަކާއި ޚިލާފް ވުމުން މިއީ އެމްޑީޕީއިން ވަކިވާންވީ ވަގުތު ކަމަށެވެ.
ކޮންމެއަކަސް އެމްޑީޕީވެސް ޑިމޮކްރެޓްސްވެސް ތިއްބެވީ އަމާޒެއްނެތި ދުއްވާ ބޮއްކުރައެއްގެ މިސާލުގައެވެ. ހަރުދަނާ އިދިކޮޅު ޕާޓީއެއްގެ ޒިންމާ އަދާކުރުމަށްވުރެ ބޮޑަށް އެބައިމީހުން ބަލަނީ ކުރިއަށްއޮތް ރައްޔިތުންގެ މަޖްލީހުގެ ގޮނޑި ދިފާޢު ކުރުމާއި، ދިވެހި ޤައުމުގެ މަސްލަޙަތަށްވުރެ އަމިއްލަ މަސްލަޙަތު އިސްކޮށް އަވަށްޓެރި ވަކި ޤައުމެއްގެ ނުފޫޒުގައި ބަނދެވި އެ ޤައުމަކުން ޖެހިހާ ބެރަކަށް ނެށުމެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އަނެއްކާވެސް ޤައުމު ސިޔާސީ ހަލަބޮލި ކަމަކަށް ދުއްވާލާ މަންޒަރު ފެނިގެން ދިއުމަކީ މާ ދުރުގައި އޮތް ކަމެއް ނޫނެވެ.
ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!