ޚަބަރު
މިސަރުކާރުން ހަވާލުވިއިރު ނުދައްކާހުރި ބިލުތަކަށް 7ބިލިއަން ރުފިޔާ އަރާ: މިނިސްޓަރ ސައީދު

މި ސަރުކާރުން ހަވާލުވިއިރު ގާތްގަޑަކަށް 7 ބިލިއަން ރުފިޔާގެ ނުދައްކާ ހުރި ބިލުތައް ހުރިކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިސަރުކާރުން ޢާމްދަނީ ހޯދުމަށް މާގިނަ މަސައްކަތެއް ނުކުރާކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ފާޑުވިދާޅުމުން ނުސީދާކޮށް ދެއްވި ރައްދުގައި މިނިސްޓަރު ސަޢީދު ވިދާޅުވީ، މިސަރުކާރަކުން ދައުލަތުގެ ހަރުމުދާ ވިއްކުމާއި ޤާނޫނު ތަޅުއަޅުވާފައި ފައިސާ ޗާޕުކުރުމާއި މާލީ ޒިއްމާއިން ރެކުމަކީ ކުރާނެކަމެއް ނޫންކަމަށެވެ. އެކްސްގައި ކުރެއްވިއެ ޕޯސްޓަށް އަނެއްކާވެސް ފަހުން ލިޔުއްވި ޕޯސްޓުގައި ވިދާޅުވ ީރައީސް ޑރ މުއިއްޒު ސަރުކާރާއި ހަވާލުވިއިރު ގާތްގަޑަކަށް 7ބިލިއަން ރުފިޔާގެ ނުދައްކާހުރި ބިލުތައް ހުރިކަމަށެވެ. ރާއްޖޭގެ ވިޔަފާރިތަކަށް އެކަމުގެނޭދެވޭ އަސަރުކޮއްފައިވަނީ ވަރަށް ބޮޑަށްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ކުރިން ކުރެއްވި ޕޯށްޓެއްގައި ވަނީ ކުރީގެ ސަރުކާރުތަކުން ވެރިކަމުގެ ފުރަތަމަ ދެ މަސް ދުވަހު ސަރުކާރުގެ އާމްދަނީ އިތުރުކުރަން ކުރި އީޖާދީ މަސައްކަތަކީ ކޮބައިތޯ ސުވާލު އުފައްދަވައިފައެވެ.

މިނިސްޓަރ އެހެން ވިދާޅުވިއިރު މިދިޔަ ސަރުކާރުގައި ވަނީ ސަރުކާރުން ޚަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑުކޮށްފައި ފައިސާ ޗާޕުކޮށްފައެވެ. މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ވަނީ ފައިސާ ޗާޕުކުރުން ހުއްޓައިލިކަން ރައްޔިތުންގެ މަޖިލީހަށް އަންގައި، ޚަރަދަށް ޒިންމާވުމުގެ ގާނޫނު މުޅިން އެއްކޮށް އިޔާދަކުރަން އެދިފައެވެ

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!