ޚަބަރު
ހޯރަފުށިގައި ގާއިމުކުރާ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މަސައްކަތް ނިންމާލައިފި

ހއ. ހޯރަފުށިގައި ގާއިމުކުރާ ޖުވެނައިލް ޖަސްޓިސް ޔުނިޓް، ހާފްވޭ ހައުސްގެ މަސައްކަތް ނިންމާލައިފިއެވެ.

ސަރުކާރުން މި މަސައްކަތް ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުންޏާއި މަސައްކަތް ހަވާލު ކުރީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ހޯރަފުށީގައި ގާއިމުކުރި މި ހާފްވޭ ހައުސްއަކީ އަތޮޅުތެރޭގައި ގާއިމު ކުރި ފުރަތަމަ ޖުވެނައިލް ޖަސްޓިސް ޔުނިޓެވެ. މި ހާފްވޭ ހައުސް ބަލަހައްޓާނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިންނެވެ. މިއީ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިން އަނބުރާ މުޖުތަމައަށް ނެރުމުގެ ކުރިން ފަރުވާ ދިނުމަށް ބައިތިއްބުމަށް ހަދާ ތަނެކެވެ.

ހާފްވޭ ހައުސްއާ ގުޅޭގޮތުން އެމްޓީސީސީން ބުނީ އެތަނުގެ މަސައްކަތް އެއްކޮށް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން ގްރައުންޑް މަސައްކަތްތަކާއި ކޮންކްރީޓް މަސައްކަތްކާއި މޭޝަނަރީ އަދި ޕްލާސްޓަރިން މަސައްކަތާއި ފިނިޝިން މަސައްކަތްތަކާއި ކަރަންޓާއި ނަރުދަމާގެ މަސައްކަތާއި އަލިފާން ނިއްވާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހޯރަފުށީގެ ހާފްވޭ ހައުސްގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 6.1 މިލިއަން ރުފިޔާއަށެވެ.

ހާފްވޭ ހައުސްގައި އެކި ކުށްތަކުގައި ގެންނަ ކުދިންނަށް ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދީ، އެ ކުދިން އަނބުރާ މުޖުތަމަޢުއަށް ނެރުމުގައި ބޭނުންވާ އެހީތެރިކަމާ ރިހެބިލިޓޭޝަން ފަރުވާ ފޯރުކޮށްދޭނެއެވެ.

ކުޑަކުދިންގެ އަދުލުގެ ޤާނޫނަކީ 14 ނޮވެންބަރު 2019 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް 20 ނޮވެންބަރު 2019 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާފައިވާ ޤާނޫނެކެވެ. މި ޤާނޫނުގެ ދަށުން 2022 ވަނަ އަހަރު އެކި ކުށްތަކުގައި ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އާންމު ނިޒާމުގެ ތެރެއިން ތަޢުލީމު ދިނުމަށް ބޭނުންވާ ކްލާސްރޫމް، ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ހަދާ ކިޔަވައިދޭން ވަނީ ފަށާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!