އީރާނުން ތިބީ ދޫދޭގޮތަކަށް ނޫން، އެމެރިކާއަށް ފަހުގެ އިންޒާރުދީފި
ޚަބަރު
ރައްްޔިތުން ވަޒީރުންނާ ބޭނުން ސުވާލެއް ކުރުމަށް، “އަހާ” ފުރަތަމަޕްރޮގްރާމް މިރޭ!

ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް, “އަހާ”ގެ ނަމުގައި ބާއްވާ ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމް ހޮނިހިރު ދުވަހުގެރޭ ބޭއްވުމަށް ނިންމައިފިއެވެ.

މި ފޯރަމް ކުރިއަށް ގެންދަނީ ރައީސްގެ އޮފީހާއި ޕަބްލިކް ސަވިސް މީޑިއާ، ޕީއެސްއެމް ގުޅިގެންނެވެ.

ޕީއެސްއެމް ބުނީ އެ ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ މއެ ފޯރަމްގެ ފުރަތަމަ ބައްދަލުވުމުގައި ފަސް ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. “އަހާ”ގެ ނަމުގައި ދެ ގަޑިއިރަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ

  • 1- އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު: ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު
  • 2- އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު: މުހައްމަދު ސައީދު
  • 3- އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވަޒީރު: އާއިޝަތު ޝިހާމް
  • 4- އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު: ޑރ.އަބްދުﷲ މުއްތަލިބް
  • 5- ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު: އަބްދުﷲ ރާފިއު

މާލެ ސިޓީ ކައުންސިލަށް އިންތިހާބުވެވަޑައިގަތް ބޭފުޅުން ހުވާކުރެއްވުމަށް ހޯމަދުވަހުގެރޭ ބޭއްވެވި ރަސްމިއްޔާތުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ދެ މަހުން އެއް މަހު، ވަޒީރުން ރައްޔިތުންނަށް، ސަރުކާރުންކުރާ ކަންކަން ކިޔައިދިނުމާއި، ރައްޔިތުން ކުރަންހުރި ސުވާލުތަކަށް ވަޒީރުން ސީދާ ޕަބްލިކް ފޯރަމެއްގައި ޖަވާބު ދިނުމަށް ފުރުސަތު ދެއްވާނެ ވާހަކަ މީގެ ކުރިން ވިދާޅުވެފައިވާނެ ކަމަށެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުން އެ ފޯރަމްގައި ބޭނުން ސުވާލެއް،  އެ ވަގުތު އެ ބައިވެރިވާ ވަޒީރުންގެ ދާއިރާތަކުން ކުރަން ފުރުސަތު ދޭނެއެވެ.

”ދެން އަނެއްކާ ދެ މަސް ފަހުން އަނެއް ބެޗް އޮފް ކެބިނެޓް މެންބަރސް ވަޑައިގަންނަވާނެ. ފަސް ބޭފުޅުން، ފަސް ބޭފުޅުން ގޮތަށް، އަޅުގަނޑުމެން މި ދެންނެވި، ދެ މަހުން އެއްމަހު އޮންނަ ޕަބްލިކް ފޯރަމް ބާއްވާނަން. ރައްޔިތުން ކުރަންހުރި ހުރިހާ ސުވާލެއް، ލިބޭ ދެ ގަޑިއިރުގެ ތެރޭގައި ކުރެވޭނެ. ހަމަ އެގޮތަށް، ތިން މަހުން އެއްމަހު އަޅުގަނޑުވެސް ސީދާ ރައްޔިތުންނަށް ހަމަ އެފަދަ ފުރުޞަތު ދޭނަން” ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

ޕީއެސްއެމް އިން ބުނީ  ފޯރަމްގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ހަމަޖައްސަވާފައިވާ ކަމަށެވެ. އެ ފޯރަމަށް އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުއްވުމަށްފަހު 300 އަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!