ޚަބަރު
ރައީސްގެ ވައުދުފުޅާ އެއްގޮތަށް ގަން, ގައްދޫ ރައްޔިތުންނަށް ދެއްވުމަށް ގޮވާލައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވައުދުފުޅާ އެއްގޮތަށް ގަން ގައްދޫ ވީހާވެސް އަވަހަށް ރައްޔިތުންނަށް ދެއްވުމަށް އެދި އާދޭހާއިއެކު އެދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ރައީސުލްޖުމްހޫރިއްޔާގެ ކިބައިން އެދިވަޑައިގެންފިއެވެ.

ގދ.ގައްދޫ އާއި ޖެހިގެން އޮންނަ ފަޅުރަށެއް ކަމަށްވާ ގަން ގައްދޫ ރައްޔިތުންނަށް ދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ ވައުދުވެ ވަޑައިގަންނަވާފައެވެ.

އަހުމަދު ވިދާޅުވިގޮތުގައި ގދ.ގަމަކީ ގައްދޫ ކައުންސިލުގެ އިހުތިސާސްގައި ހިމެނޭ އަގުބޮޑު އެސެޓެއް ކަމަށާއި މާލީ އެތައް ފައިދާއެއް އެރަށުން ލިބޭނެ ކަމަށެވެ. އަދި އެތައް އަހަރެއް ވަންދެން އެރަށް ސަރުކާރުގެ ބެލުމުގައި ދަށުގައި ބާއްވާފައި އޮންނާތީ ގައްދޫ ރައްޔިތުން އެކަމާ ކަންބޮޑުވުން ފާޅުކުރަން އަންނަ ކަމަށް އަހުމަދު ވިދާޅުވިއެވެ.

ސަރުކާރުތައް ބަދަލުވަމުން އައިސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންވެސް އެރަށް ރައްޔިތުންނާއި ހަވާލުކުރާނެ ކަމަށްބުނެ ވަދުވެވަޑައިގެންފައިވީނަމަވެސް މިއަދާ ހަމަޔަށްވެސް އެކަން ނުވެ އޮތްކަން އަހުމަދު ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ވީހާވެސް އަވަހަށް ވައުދު ފުއްދެވުމަށް އަހުމަދު ވަނީ ސަރުކާރުގައި އާދޭސް ދަންނަވާފައެވެ.

އަހުމަދު އިތުރަށް ފާހަނގަ ކުރެއްވިގޮތުގައި އެރަށް ބޭނުންވެގެން ވަކިބަޔަކު އުޅޭ ކަމަށާއި އެބޭފުޅުން ވާހަކަދައްކަނީ އަމިއްލަ ބޭނުމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ގަން ގައްދޫ ރައްޔިތުންނަށް ދޭން ވައުދުވެގެން ހުންނެވި ނަމަވެސް ކެބިނެޓް ބޭނުންވަނީ އެހެން ގޮތަކަށް މިކަމުގައި ކަން ކުރުމަށް ކަމަށް އަހުމަދު ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނު ތަސްދީގް ކުރައްވައި އެތައް ދުވަހެއް ވެގެންދައިރުވެސް ގައްދޫގެ އިޙްތިސާސްގައި ހިމެނޭ ބައެއް ތަންތަން ގައްދޫއަށް ނުލިބޭކަން އަހުމަދު ފާހަނގަކުރެއްވިއެވެ.

ގދ.ގަމަކީ ދަނޑުވެރިކަމަށް މުއްސަދި ރަށަކަށްވުމާއި ގުޅިގެން ގައްދޫ ރައްޔިތުން ބޭނުންވަނީ އެރަށް ރައްޔިތުންނާއި ހަވާލުކޮށްދެއްވުމަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!