އީރާނުން ތިބީ ދޫދޭގޮތަކަށް ނޫން، އެމެރިކާއަށް ފަހުގެ އިންޒާރުދީފި
ޚަބަރު
ނަޢީމާ މަރުގެ މައްސަލައިގެ މަޢުލޫމާތު ވަގުތުން ބެލޭގޮތް ހަދައިފި:ޕީޖީ
ނ. މަނަދޫ ގައި އަނިޔާވެރިކޮށް މަރާލާފައި އޮތްވާ ފެނުނު ނައީމާ މުސާގެ މަރުގެ މައްސަލައިގެ ޝަރީޢަތާބެހޭ މަޢުލޫމާތު އާންމުންނަށް ފެންނާނެހެން ޢާންމު ކުރާ ގޮތަށް ނިންމައިފިއެވެ.
ޕްރޮސެކިއުޓާރ ޖެނެރަލް އޮފީސް (ޕީޖީން) ބުނީ ނައިމާގެ މަރުގެ މައްސަލައަކީ ޢާންމުންގެ މަޞްލަޙަތާއި ޝައުޤުވެރިކަން އޮތް މައްސަލައެއްކަމަށް ފެންނާތީއާއި، އެމައްސަލައިގެ މަޢުލޫމާތު ޢާންމުންނަށް ފެންނާނޭގޮތް ހެދުމަށް، ޕީޖީ އޮފީހުގެ މީޑިއާ ވެބްސައިޓުގެ “ޢާންމު ޝައުޤު” ބައިގައި، އެ މައްސަލައިގެ މައުލޫމާތު ހިނަނަން ނިންމާފައިވާ ކަމަށެވެ.
ޕީޖީން ބުނީ މި މައްސަލަ ފެންނާނެހެން ނިންމީ އެ މައްސަލައާއި އަދި އެނޫނަސް އެބާވަތުގެ ޢާންމު މަޞްލަޙަތު ހިމެނޭ މައްސަލަތަކުގެ އަދާހަމަ މަޢުލޫމާތު ވެބްސައިޓުގައި ޢާންމުކުރަމުން ދިއުމުގެ ސަބަބުން ކަމާ ގުޅުންހުރި މަޢުލޫމާތު އެ އޮފީހަށް ގުޅައިގެން ސާފުކުރަން ނުޖެހޭނޭ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ.މައްސަލައިގެ ހާދިސާއާއާއި، ދައުވާލިބޭ މީހުންގެ މަޢުލޫމާތާއި، ކުރާ ދަޢުވާއާއި، މައްސަލަ މިހާރު އޮތް ހިސާބާއި، މައްސަލައިގެ އަޑުއެހުމެއް ކޯޓުގައި ޝެޑިއުލް ކުރެވިފައިވާނަމަ، އެ މަޢުލޫމާތުވެސް އޮޓޮމެޓިކުން ވެބްސައިޓު މެދުވެރިކޮށް އަދާހަމަކުރަމުން ދާނެކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ދަޢުވާލިބޭ މީހުންނަކީ އެ ރަށު ފެހިވިލާގެ، އަޚުޒަމް ޢަބްދުއްޝަކޫރާއި، ފިނިފެންމާގެ، ޢަބްދުލްވާޙިދު ރިފާސްއާއި، ވިނަރެސް، ޙަސަން ފަވާޛު ކަމަށް ޕީޖީ އޮފީހުން ވަނީ ހާމަކޮށްފައެވެ.
ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!