ޚަބަރު
ބައެއް ހިސާބުތަކުގައި ވޯޓުލާން ފެށުން ލަސްވިނަމަވެސް މިހާރު ވޯޓުލާން ފަށައިފި

މިއަދު ބޭއްވުމަށް ހަމެޖެހިފައިވާ ޕްރޮގްރެސިވް ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގައި ބައެއް ހިސާބުތަކުގައި ވޯޓުލާން ފެށުން ލަސްވިނަމަވެސް މިހާރު ވޯޓުލާން ސާބެއްގައިވެސް ވޯޓުލާން ހުރިހާ ފަށައިފިއެވެ.

މިއަދު ކުރިޔަށްދާ ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވޯޓުލުމަށް މާލެ އާއި އަތޮޅު ތެރޭގެ ރަށްރަށުގައި ޖުމްލަ 227 ވޯޓު ފޮށި ބެހެއްޓުމަށް ނިންމައިފި އެވެ.

ޕީޕީއެމް ޕީއެންސީ އިން މިއަދު ބުނީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 71،597 މީހަކަށް ލިބިފައިވާ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފައިވަނީ، މި ޕްރައީގައި ވޯޓުލުން އޮންނާނީ ހެނދުނު 10އަކުން ހަވީރު 5އަކަށް ކަމަށާއި، 90 ދާއިރާއަކަށް އެ ކޯލިޝަނުން ވާދަކުރާނެ ކަމުގައެވެ.

މިއަދު ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އޮންނައިރު، އެ ކޯލިޝަނުންވަނީ ޕްރައިމަރީއާނުލާ 13 ދާއިރާއެއްގެ ޓިކެޓް ހަވާލުކޮށްފައެވެ. އެއީ އެ ދާއިރާތަކަށް އެންމެ ފަރާތަކުން ކުރިމަތި ލާފައިވާތީއެވެ. މާދަމާގެ ޕްރައިމަރީ ކުރިޔަށްދާނީ 77 ދާއިރާއެއްގައެވެ.

މިއަދުގެ ޕްރައިމަރީގައި ވޯޓުލުން މާލޭގައި ކުރިޔަށްދާނީ ހެންވޭރު ދަނޑާއި، ކަލާފާނު ސްކޫލާއި، ޖަމާލުއްދީން ސްކޫލާއި، ތާޖުއްދީން ސްކޫލުގައެވެ. އަދި އަތޮޅުތަކުގައި ވޯޓުލުން ކުރިއަށްދާނީ، އެ ރަށެއްގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާ ޚާއްޞަ ތަންތަނުގައި ކަމަށްވެސް އެ ކޯލިޝަނުން ބުނެފައި ވެއެވެ.

މި ޕްރައިމަރީ ނިމުމުން ކޮންމެ ވޯޓު ފޮއްޓެއްގެ ކައިރީގައި ވަގުތީ ނަތީޖާ އިއުލާން ކުރާނެއެވެ.

ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި 93 ދާއިރާގެ ތެރެއިން 90 ދާއިރާއަކަށް ޕީޕީއެމް/ޕީއެންސީން ވާދަކުރާއިރު، ވާ ނުކުރުމަށް ހަމަޖައްސާފައިވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބުރާހިމް އާއި އެމްއެންޕީގެ ރައީސް ކާނަލް ނާޒިމްގެ އިތުރުން އެމްޑީއޭގެ ލީޑަރު ސިޔާމް ވާދަކުރާ ދާއިރާއަށެވެ.

މިއަދު ބާއްވާ ބާއްވާ ޕްރައިމަރީގައި ޖުމްލަ 283 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި 32 އަންހެން ކެންޑިޑޭޓުން ހިމެނެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!