ޚަބަރު
ރުހުން ނުދިނަސް އެވަޒީރުން އަލުން އައްޔަނު ކުރެވޭނެ، އެކަމެއް ނުހުއްޓުވޭނެ: އަބްދުއްރަހީމް

ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް މިއަދު ރުހުން ނުދިންނަމަވެސް, ހަމަ އެ ވަޒީރުން އެ މަގާމަށް އަލުން އައްޔަން ކުރުމުގެ ބާރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާ ކަމަށާއި އެކަން ނުހުއްޓުވޭނެ ކަމަށް ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.

ވަޒީރުންނަށް ރުހުން ނުދޭ މައްސަލައިގައި މަޖިލިސް ކުރިމަތީގައި ކުރަމުން އަންނަ މުޒާހަރާގައި ހުންނަވައިގެން އަބްދުއްރަހީމް ވިދާޅުވީ, އިދިކޮޅުން ކުރަމުން އަންނަނީ ވަރަށް ތާކުން ތާކު ނުޖެހޭ މަސައްކަތެއް ކަމަށެވެ.

“މިއަދު ރުހުން ނުދިނީ, ދޫކޮށްލާއިރަށް މިއަދު ހަމަ އެ މީހުން އެ މަގާމަށް އެ ވުޒާރާތަކުގެ ވަޒީރުކަމަށް އައްްޔަންކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވޭ. އެކަމެއް ނުހުއްޓުވޭނެ މިތާކުން,” އަދުރޭ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ, ވަޒީރުންނަށް ރުހުން ނުދިންނަމަވެސް ދެމެހެެއްޓެނިވި ކަމަކަށް ނުވާނެ ކަމަށް ބާކީ މި ދައުރުގައި އޮތީ ތިން މަސް ދުވަސް ކަމަށެވެ. ތިން ހަތަރު މަސް ފަހު އަންނަ އާ މަޖިލީހުގެ ތަނަވަސް އަގްލަބިއްޔަތު ސަރުކާރުން ނަގާނެ ކަމަށާއި އޭގެ ފަހުން މިހާރު ތިބި މެންބަރުންގެ ބޭނުމެއް ނޯންނާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅުން މަސައްކަތް ކުރާތީ ވޯޓު ނަގާ ޖަލްސާ ސަރުކާރު މެންބަރުން ވަނީ ހުއްޓުވައިފަ އެވެ. އަދި އިދިކޮޅު މެންބަރުން ތަޅުމަށް ނުވަދެވޭނެހެން މަޖިލީހުގައި ވަނީ ތަޅު އަޅުވައިފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!