ޚަބަރު
ބިލަބޮންގް ހައި ސްކޫލް ކައިރީގައި ހުރި ފޮށްޓަކީ ސްޓެލްކޯއާ ގުޅުންހުރި އެއްޗެއް ނޫން: ސްޓެލްކޯ އެމްޑީ ފަހުމީ

ބިލަބޮންގް ހައި ސްކޫލް ކައިރީގައި ޕޭވްމަންޓަށް ވާގޮތަށް ބަހައްޓާފައިވާ ފޮއްޓަކީ ސްޓެލްކޯއާ ގުޅުންހުރި ފޮއްޓެއް ނޫންކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން ވިދާޅުވީ މި ފޮށީގެ ފޮޓޯ އާއެކު އާންމު ރައްޔިތަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެގޮތުން މި ފޮށި ޕޭވްމަންޓަށްވާ ގޮތަށް ހުރުމުން ސްކޫލް ދަރިވަރުންނަށާއި އެ ސަރަހައްދުން ހިނގާ ބިނގާވެ އުޅޭ ރައްޔިތުންނަށް އުނދަގޫވާތީ އެ ފޮށި އެތަނުން ނަގައިދިނުމަށް ސްޓެލްކޯގެ ކިބައިން ވަނީ އެދިފައެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ފަހުމީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ އެ މަގާމާ ހަވާލުވި ދުވަހުން ފެށިގެން މިއަދާ ހަމަޔަށް ކުރި މަސައްކަތުން ސްޓެލްކޯއާ ގުޅުންހުރި އާންމުންނަށް ދައްޗަކަށްވެފައިވާ ކަންކަމަށް ހާއްސަ ސަމާލުކަމެއްދީގެން ހައްލު ހޯދައި ދީފައިވާ ކަމަށެވެ.

އެގޮތުން މާވެޔޮ މަގުގައި ބަހައްޓާފައި ހުރި ޓްރާންސްފޯމަރު އެތަނުން ނެގުމާއި، ދޮންއަދަރާދަ ހިނގުން ހުޅުވުމުގެ މަސައްކަތުގެ އިތުރުން، ބޮޑު ތަކުރުފާނު މަގުގައި ބަހައްޓާފައިވާ ސްޓެލްކޯގެ ފިއުލް ޕަމްޕް ސްޓޭޝަން އެތަނުން ނެގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

“ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި، މާތްﷲގެ ވާގިފުޅާއެކު މި ކުރާ މަސައްކަތުގައި ސައްތައިންސައްތަ ދިވެހި ކުންފުނި ސްޓެލްކޯއަކީ ރައްޔިތުންނާއި އެންމެ ގާތުން، އެ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ އަދި ރައްޔިތުންގެ ލޯބި ލިބިފައިވާ ކުންފުންޏަކަށް އަޅުގަނޑުމެން ހަދާނަން.” އޭނާ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ބިލަބޮންގް ސްކޫލް ކައިރީގައި ޕޭވްމަންޓަށް ވާ ގޮތަށް ބަހައްޓާފައިވަނީ ސްޓެލްކޯ އާއި ގުޅުން ހުރި ފޮއްޓެއް ނޫން ކަމަށެވެ.

މި ފޮއްޓަކީ ކޮން ބައެއްގެ އަދި ކީއްކުރަން ބަހައްޓާފައިވާ ފޮއްޓެއްކަން އަދި ވަނީ އެނގޭ ގޮތް ނުވެފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!