ޚަބަރު
މަޝްހޫރު “ޓޮބްލެރޯން” ޗޮކްލެޓް ރާއްޖެ އެތެރެކޮށް ވިއްކުން މަނާކޮށްފި

ޓޮބްލެރޫން” ބްރޭންޑްގެ މިލްކް ޗޮކުލެޓު ދިވެހިރާއްޖެ އަށް އެތެރެކުރުމާއި ވިއްކުން މޯލްޑިވްސް ފްޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާ ކޮށްފި އެވެ.

އެމްއެފްޑީއޭ އިން މި ބްރޭންޑްގެ ޗޮކުލެޓު އެތެރެކުރުމާއި ވިއްކުން މަނާ ކޮށްފައި ވަނީ، ޗޮކުލެޓު އުފައްދާ މެޝިނަށް ދިމާވި މައްސަލައަކާއި ގުޅިގެން ޕްލާސްޓިކުން ޗޮކުލެޓު ތަގައްޔަރުވުމާއި ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، ޕްލާސްޓިކުން ތަގައްޔަރުވެފައިވާ “ޓޮބްލެރޫން” ބްރޭންޑުގެ މިލްކް ޗޮކުލެޓް ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިިސްޓަމް ފޯ ފްޑް އެންޑް ފީޑް، އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް މެދުވެރިކޮށް އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.

ތަގައްޔަރުވެފައިވާ މި އުފެއްދުމުގެ ސަބަބުން ޕްލާސްޓިކް ކޮޅެއް ކަރުގައި ތާށިވުން ނުވަތަ ދަތަށް ގެއްލުމެއް ލިބުން ފަދަކަމެއް މެދުވެރިވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން “ޓޮބްލެރޫން” ބްރޭންޑްގެ މިލްކް ޗޮކުލެޓް އެތެރެނުކުރުމަޓާއި ނުވިއްކުމަށް އެމްއެފްޑީން ވަނީ އަންގާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!