ޚަބަރު
ނަޝީދުގެ ފަރާތުން، ތަހުގީގަށް އެހީވާނެ ޔޫކޭގެ ވަކީލަކު ހަމަޖައްސައިފި

6 މޭގަ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާގެ ތަހުހީގުގައި އެމަނިކްފާނު ތަމްސީލުކޮށް، އަދި ތަހުގީގު ކުރިޔަށް ދާގޮތް ވިލަރެސްކުރުމަށްޓަކާ ވަކީލަކު އައްޔަން ކުރައްވައިފިއެވެ.

6 މޭގެ ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ކުރިޔަށްދާ ތަހުގީގުގައި ނަޝީދު ތަމްސީލު ކުރުމުގެ ގޮތުންނާއި، އަދި ތަހުގީގު ކުރިޔަށްދާގޮތް ވަޒަން ކުރުމަށްޓަކާ އިގިރޭސިވިލާތުގެ ތަޖުރިބާ ކާރު ގާނޫނީ ވަކީލެއް ކަމުގައިވާ، ޑައުޓީ ސްޓްރީޓް ޗެމްބާސް ލަންޑަންގެ ކްރިސްޓީ ބްރިމްލޯ ހަމަޖައްސަވާފައިވާކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

ކާސްޓީ ބްރިމިލޯ އަކީ ލަންޑަންނުގެ ޑައުޓީ ސްޓްރީޓް ޗެމްބާސްގެ މެމްބަރެއްގެ އިތުރުން ކުޅަދާނަ ވަކީލެކެވެ

މަޖިލިހުން ނެރެފައިވާ ބަޔާނުގައި ވާގޮތުން ކްރިސްޓީ ބްރިމްލޯ އޭނާގެ ތަޖުރިބާގެ ބޭނުން ކޮށްގެން، ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓު ހަމާލާގެ ތަހުގީގަށް ބޭނުންވާ ހެކިތައް ހޯދުމާއި އަދި ރާއްޖެއާ ބައިނަލް އަގުވާމީ ލޯ އެންފޯސްމަންޓް އިދާރާތަކާއި އަދި ގާނޫނީ ވަކީލުންނާއި ގުޅިގެން، ދިވެހިރާއްޖެއާއި އަދި ބައިނަލް އަގުވާމީ ގާނޫނުތަކުގެ ބޭނުންކޮށްގެން މިހަމަލާގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެހީތެރިކަން ފޯރުކޮށް ދޭނެއެވެ.

6 މޭގެ ޓަރެރިސްޓު ހަމަލާގެ ތަހުގީގަށް ނަޝީދުގެ ފާރާތުން ޚާއްސަ މަންދޫބަކު މިއަދު އައްޔަން ކުރެއްވިއިރު، ފުލުހުންވަނީ މިހަމަލާ ދިންމީހުން ހޯދާ، އެމީހުންގެ މައްސަލަތައް މިހާރުވަނީ ޝަރީއަތާ ހަމައަށްވެސް ގޮސްފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!