ޚަބަރު
ޑިމޮކްރެޓްސް އިން މަޖިލީހުގެ 41 ދާއިރާ އަކަށް ވާދަކުރަނީ، ޕްރައިމަރީ އަންނަ މަހު 3 ގައި

ރައްޔިތުންގެ މަޖިލީހުގެ 41 ދާއިރާއަކަށް ވާދަކުރުމަށް ޑިމޮކްރެޓުން ނިންމައިފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދި ދަ ޑިމޮކްރެޓްސްއިން ވަނީ އެ ޕާޓީގެ ޓިކެޓުގައި މަޖިލިހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 4 ވަނަދުވަހު ހުޅުވާލާފައެވެ.

މީގެކުރިން ޑިމޮކްރެޓްސްއިން ބުނެފައި ވަނީ މަޖިލިސް އިންތިހާބުގައި މެމްބަރުން އިންތިހާބުކުރުމަށް ހަމަޖެހިފައިވާ 93 ދާއިރާއަށްވެސް އެ ޕާޓީން ވާދަކުރާނެކަމަށެވެ. ނަމަވެސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު އާދީއްތަދުވަހު ހަމަވިއިރު، ޓިކެޓް ހޯދުމަށް އެދި ހުށަހެޅީ 41 ދާއިރާއަކަށް 46 ކެންޑިޑޭޓުންކަމަށް އެ ޕާޓީން ބުނެއެވެ. އޭގެތެރޭގައި ހިމެނެނީ 13 އަންހެނުންނާއި 33 ފިރިހެނުންކަމަށް ޑިމޮކްރެޓްސްއިން ބުނެއެވެ.

ދަ ޑިމޮކްރެޓްސްއިން ޢާންމުކޮށްފައިވާ އިއުލާންގައިވާގޮތުން ޕްރައިމަރީ އޮންނާނީ 4 ދާއިރާއެއްގައެވެ. އެއީ ކެލާ ދާއިރާއާއި، ކަނޑިތީމު ދާއިރާއާއި، ހުޅުމާލެ ދެކުނު ދާއިރާއާއި، ހެންވޭރު ދެކުނު ދާއިރާގައެވެ. އެއީ އެ ދާއިރާތަކަށް އެކަކަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާތީއެވެ. އެހެން ކުރިހާ ދާއިރާތަކަށް ކުރިމަތިލާފައިވަނީ އެންމެ މީހެކެވެ.

ޑިމޮކްރެޓްސްގެ ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!