ޚަބަރު
ކްލައިމެޓް ވަލްނަރެބިލިޓީ ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ރައީސް ނަޝީދު ގާނާއަށް ވަޑައިގެންފި

ކްލައިމެޓް ވަލްނަރެބިލިޓީ ފޯރަމް، ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު އަދާކުރެއްވުމަށް ރައީސް މުޙައްމަދު ނަޝީދު ގާނާއަށް ވަޑައިގަންނަވައިފިއެވެ.

ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިކަން ހާމާކުރައްވަމުން ވަނީ އެމަނިކުފާނާކީ އަލަށް އުފެދުނު މި ފޯރަމްގެ ފުރަތަމަ ސެކެޓްރާ ޖެނެރަލްކަން ފާހާގަކުރައްވާފާއެވެ. އަދި ގާނާ ވާނީ ކުރިއަށް އޮތް އަހަރުތަކުގައި އެމަނިކުުފާނު ދިރިއުޅުއްވާ ޤައުމަށް ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

ގާނާއަށް ވަޑައިގެން ރައީސް ނަޝީދުވަނީ ސިވީއެފްގެ ޕްރެޒިޑެންސީ ޗެއަރގެ މަޤާމުގައި ހުންނެވި ގާނާގެ ރައީސާވެސް ބައްދަލުކުރައްވާފައެވެ.

ސީވީއެފަކީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ އަސަރުތައް ކޮށްފައިވާ އަދި ކުރަމުންދާ 58 މެމްބަރު ޤައުމެއްގެ މައްޗަށް އެކުލެވޭ ޖަމްއިއްޔާއެކެވެ.

މި ޖަމްއިއްޔާގެ އެންމެ މުހިއްމު އެއް މަސައްކަތަކަށް ވެގެންދާނީ މެމްބަރު ޤައުމުތަކުގައި ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ފަންޑު ހޯދުމެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!