ޚަބަރު
ކުއްޖާ އުފަންވުމުގައި ހުންނަ ބޮޑެތި އުފަން ލަފު ގެ ޙަޤީޤަތް އެނގޭތަ؟

އުފެދުމުގައި ބޮޑެތި އުފަން ލަފު ހުރުން އުފަން ލަފަކީ ކޮންމެ މީހެއްގެ ގައިގައި ވެސް ނަގައިދާނެ އެއްޗެކެވެ. ނަމަވެސް އާދަޔާ ޚިލާފަށް ބޮޑެތިކޮށް ހުންނަ އުފަން ލަފަކީ ވަރަށް މަދުން ނޫނީ ފެންނަ ވައްތަރެއް ނޫނެވެ. އާދަޔާ ޚިލާފަށް ބޮޑެތި އުފަން ލަފު ފެންނަނީ އުފަންވާ ކޮންމެ 20 ހާސް މީހުންގެ ތެރެއިން އެކަކުގެ ގައިންނެވެ.

ބޮޑެތި އުފަން ލަފުގެ ސިފަތައް

އުފެދުމުގައި ހުންނަ ބޮޑެތި ކަޅު (އަނދިރި) އުފަން ލަފު(congenital giant melanocytic naevus) އާންމުކޮށް ހުންނަނީ މުށި-ކަޅު (އަދިރި) ކުލައިގައެވެ. އާންމު ގޮތެއްގައި މިފަދަ ލަފުގައި އިސްތަށި ފަޅާފައި ހުންނާނެ އެވެ. ލަފުގެ ކައިރި ފަށް ބައެއް ފަހަރު ރީތިކޮށް ފާހަގަވާން ހުންނައިރު އަނެއްބައި ފަހަރު އެއްވެސް ތަންޒީމެއް ނެތް ގޮތަށް ހުރެދާނެއެވެ. ލަފު ހުރި ހިސާބުގެ ހަމުގައި ފަހަރުގައި އޮމާންކަމެއް ހުރެދާނެ އެވެ. ނުވަތަ އުންތަކެއް ހުންނަހެން ރާޅުކަމެއް ހުރެދާނެ އެވެ. އުފެދުމުގައި މިގޮތަށް ހުންނަ ލަފު އުފަންވާއިރު ހުރެދާނެ އެވެ. ނުވަތަ ކުއްޖާގެ އުމުރުން ފުރަތަމަ އަހަރުގެ ތެރޭގައި ހަށިގަނޑުގެ ކޮންމެވެސް ހިސާބަކުން ފާޅުވެދާނެ އެވެ. ބައެއް ފަހަރު އުފަންވާއިރު ކުޑަކޮށް ލަފު ހުރި ނަމަވެސް ބޮޑުވަމުން އަންނަ ވަރަކަށް ލަފު ވެސް ބޮޑުވެ ފެތުރެމުން ދިއުމަކީ ވެދާނެ ގޮތެކެވެ.

(ހ) އުފެދުމުގައި ލަފުހުރުން : އުފެދުމުގައި ލަފުހުރުމަކީ ކުއްޖާ އުފަންވާއިރު ލަފު ފެންނަން ހުރުމެވެ. ހަދާން ބަހައްޓަންވީ ކަމަކީ މިފަދަ ބޮޑެތި އުފަން ލަފުތަކަކީ އުފަންވާއިރު، އުފެދުމުގައި ހުރި އެއްޗަކަށް ވިޔަސް އެއީ މައިންބަފައިންގެ ފުށުން ދަރިންނަށް ވާރުތަވާ އެއްޗެއް ނޫން ކަމެވެ.

(ށ) – ބޮޑު ލަފަކަށްވުން : ބޮޑު ލަފެއް ކަމުގައި ބަލަނީ:-

  • ލަފު ނެގުމަށް އެއް ފަހަރަށްވުރެ ގިނައިން އޮޕަރޭޝަން ކުރަންޖެހުން
  • ބަލިމީހާގެ މުޅި ހަށިގަނޑުގެ ބޭރު ސަތަހައިގެ ބޮޑުމިނުގެ 2 އިންސައްތަ އަށްވުރެ ލަފު ބޮޑުވުން ނުވަތަ ބަލިމީހާގެ އަތްތިލައަށްވުރެ ލަފު ބޮޑުވުން
  • ބޮޑުމީހެއްގެ ނަމަ 8 އިންޗި (20 ސެންޓިމީޓަރު) ލަފުގެ ބޮޑުމިނުގައި ހުރުން : މިއުސޫލުން ބަލާއިރު އުފަންވާއިރު ބޮލުގައި 9 ސެންޓިމީޓަރަށްވުރެ ބޮޑު، ނުވަތަ ހަށިގަނޑުގައި އެހެން ތަނެއްގައި 6 ސެންޓިމީޓަރަށްވުރެ ބޮޑު ލަފެއް ހުރެއްޖެނަމަ ބެލެވޭނީ އެއީ ބޮޑު ލަފެއްގެ ގޮތުގައެވެ.
  • ހަށިގަނޑުގެ ހާމަކަން ބޮޑު ހިސާބު ތަކުގައި ލަފުހުރުން :

މިސާލަކަށް ބޮލުގައި އަދި އަތްފައި ހުންނަ ބޮޑެތި ލަފު ތައް މަތީގައިވާ ގިންތި ތަކަށް ނުފެތުނު ކަމަށް ވިޔަސް ބޮޑެތި ލަފުގެ ގޮތުގައި ބެލެވިދާނެ އެވެ.

އާދަޔާ ޚިލާފަށް ބޮޑެތި އުފަން ލަފަކީ ގިނަ ފަހަރު ހަށިގަނޑުގެ ބޮޑު ހިސާބެއްގައި އުފެދިފައި ހުންނަ ލަފެވެ. ގިނަ ފަހަރު ހުންނާނީ ހަށިގަނޑުގެ މެދުބައިގައި އުފެދިފައިވެއެވެ. އަދި ވަކިވަކި ކުދިކުދި ލަފުތައް ހަށިގަނޑުގެ އެކި ހިސާބުތަކުގައި ހުރެދާނެ އެވެ. ކުއްޖަކު އުފަންވާއިރު މިފަދަ އާދަޔާ ޚިލާފަށް ބޮޑު ލަފެއް ހުރެއްޖެނަމަ އުފަންވާއިރު އެފަދަ ކުދި ލަފުތައް ވެސް ހުރެދާނެ އެވެ. ނުވަތަ އުފަންވާއިރު ބޮޑު ލަފެއް ހުރެފައި އޭގެ ފަހުން ކުދި ލަފުތައް ހަށިގަނޑުގެ އެކި ހިސާބުތަކުގައި އުފެދިދާނެ އެވެ. ބައެއް ފަހަރު މިފަދަ ލަފު ބޮޑު ކަޅުތިލައެއް ގޮތަށް ވެސް ހުރެދާނެ އެވެ.

(ނ) ކަޅު ނުވަތަ އަނދިރި ލަފަކަށްވުން : ލަފު ކަޅުވެ އަނދިރިވަނީ “މިލެނިން” ގެ ސަބަބުންނެވެ. މިލެނިން އަކީ ހަމުގައި އާންމުކޮށް ހުންނަ ޕިގްމެންޓެކެވެ. އަދި މުޅި ހަށިގަނޑުގެ ހުރިހާ ހިސާބެއްގެ ހަމުގައި އެއްވަރަކަށް މިލެނިން ޕިގްމެންޓް ތައް ހުންނާނެ އެވެ. އުފަންވާއިރު ހުންނަ މިފަދަ ބޮޑެތި ލަފު ތަކުގައި ޕިގްމެންޓް އުފައްދާ ސެލްތަކެއް ހުރެއެވެ. މިސެލްތަކަށް ކިޔަނީ “ނީވޮމެލާނޯސައިޓް”(naevomelanocyte) އެވެ. މިސެލްތަކަކީ ހަމައަށް އެއްވަރަކަށް ހަމުގައި އެތުރިފައި ހުންނަ ސެލްތަކަކަށް ނުވުމުން ސެލްތައް ގިނަވެ، ޖަމާވެފައި ހުންނަ ހިސާބުތައް ކަޅުތިލަ، އަދި ލަފުގެ ސިފައިގައި ހާމަވެ ފެންނަން ހުރެއެވެ.

ސަބަބު

ބެލެވޭ ގޮތުގައި މިފަދަ ލަފު އުފެދެން މެދުވެރިވަނީ ރަހިމުގެ ތެރޭގައި ތުއްތު ކުއްޖާ ބޮޑުވަމުން އަންނައިރު ދިމާވާ މައްސަލަ އަކުންނެވެ.މިފަދަ އުފަން ލަފު ފާޅުވުމަށް މެދުވެރިވެދާނެ ހާލަތްތަކުގެ ތެރޭގައި ނާރު ޓިޝޫ ތަކުގައި އުފެދޭ ޓިއުމަރު(neurofibromatosis)، ސަރުބީ ޓިޝޫ ސެލްތައް ގަނޑެއްގެ ސިފައިގައި އުފެދުން(lipoma)، އަދި ސްޕައިނާ ބިފިޑާ(spina bifida) ފަދަ ނާރުތަކަށް ކުރިމަތިވާ ޢައިބު ތައް ހިމެނެއެވެ. އުފެދުމުގައި ހުންނަ މިފަދަ ކުދި އުފަން ލަފުތައް އާންމުކޮށް ފެނުނު ނަމަވެސް އާދަޔާ ޚިލާފަށް ބޮޑެތި ކޮށް ހުންނަ އުފަން ލަފު ފެންނަނީ ވަރަށް މަދުންކަން ފާހަގަ ކޮށްލެވެއެވެ. އުފެދުމުގައި ހުންނަ މިފަދަ އުފަން ލަފު ގިނައިން ހުންނަނީ ބުރަކަށި ނުވަތަ ބަނޑުގައެވެ. ނަމަވެސް ހަށިގަނޑުގެ ކޮންމެ ހިސާބެއްގައި ވެސް މިފަދަ ލަފު ހުރުމަކީ ވެދާނެ ގޮތެކެވެ. ބުރަކައްޓާ، ބަނޑުގެ އިތުރުން މިފަދަ ލަފު އާންމުކޮށް ނަގައިދާނެ (ހުރެދާނެ) ތަންތަނުގެ ތެރޭގައި، އަތް، ފައި، އަނގަ، އަތްތިލަ އަދި ފައިތިލައިގެ ދަށްފުށް ފަދަ ތަންތަން ހިމެނެއެވެ.

ލަފުގެ ސަބަބުން ދިމާވެދާނެ މައްސަލަތައް

މިފަދަ އުފަން ލަފު ހުންނަ މީހުންގެ ތެރެއިން ކޮންމެ 6 މީހުންގެ ތެރެއިން 1 އަކަށް ހަމުގެ ކެންސަރު ޖެހުމުގެ ފުރުޞަތު އޮވެއެވެ. އަދި މިފަދަ ލަފު ބުރަކަށި، ނުވަތަ ބަނޑުގައި ހުރި ނަމަ، ހަމުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން މިފަދަ އުފަން ލަފު ތަކުގެ ސަބަބުން ދިމާވެދާނެ އެންމެ ބޮޑު ނުރައްކަލެއްކަމުގައި ބެލެވިފައިވަނީ ހަމުގެ ކެންސަރު ޖެހުމެވެ. މީގެ އިތުރުން ލަފު ހުރުމުގެ ސަބަބުން ނަފްސާނީގެ ގޮތުން ކުރިމަތިވާ މާޔޫސްކަމާއި ދެރަވުން ފަދަ ކަންކަމަކީ ވެސް އެކަންކަމާމެދު އަޅާނުލާ ދޫކޮށްލެވޭނެ ކަންކަމެއް ނޫނެވެ.

ލަފު ޓެސްޓުކުރުން

އުފެދުމުގައި މިފަދަ ބޮޑު އުފަން ލަފެއް ހުރެއްޖެނަމަ ދޭތެރެ ދޭތެރެއިން ލަފު ހުރި ހިސާބުގެ ހަމުން އެތިކޮޅެއް ނަގައިގެން ހަމުގެ ކެންސަރުގެ އަސަރު ހުރިތޯ ބެލުމަށް ޗެކުކުރުމަކީ މުހިއްމު ކަމެކެވެ. މިފަދަ ބޮޑު ލަފެއް ނަގާފައިހުރީ މައިބަދައިގެ މަތީގައި ކަމުގައިވާނަމަ، އެމްއާރުއައި ފަދަ ޓެސްޓެއް ހަދަންޖެހިދާނެއެވެ. އެއީ ބައެއް ފަހަރު ސިކުނޑީގައި ހުންނަ މައްސަލަ އެއްގެ ސަބަބުން ވެސް މިފަދަ ބޮޑެތި ލަފުނެގުމުގެ ފުރުޞަތު އޮންނާތީ އެވެ. އުފަންވާއިރު މިފަދަ ލަފު ހުރި ނަމަ އެލަފު ބޮޑުވަމުން އާދޭތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ލަފު ނެގުން

ބޮޑެތިން އުފަން ލަފު ނެގުމަށް އޮޕަރޭޝަން ކުރަންޖެހެއެވެ. އަދި އެގޮތުން އާދަޔާ ޚިލާފަށް ބޮޑެތިކޮށް ހުންނަ އުފަން ލަފު ހަށިގަނޑުން ވަކިކުރެވެނީ މަރުހަލާތަކަކަށް ބަހާލެވިގެންނެވެ. ލަފު ހަށިގަނޑުން ވަކިކޮށް ނެގުމަށް ކުރެވޭ މައިގަނޑު ކަމަކީ ވެސް އޮޕަރޭޝަންކޮށްގެން ލަފު ނެގުމެވެ. އަދި ލަފުނެގުމަށްފަހު ލަފު ހުރި ހިސާބު ރީތިކުރުމަށް ވެސް އޮޕަރޭޝަން ކުރެވެއެވެ.

ބައެއް ފަހަރު ލަފު ވަކިކުރެވުނު ހިސާބުގައި “ސްކިން ގްރާފްޓިންގ”(skin grafting) ވެސް ހަދަން ޖެހިދާނެ އެވެ. މިއީ ގިނަ ފަހަރު ރީތިކުރުމަށް ކުރެވޭ ކަމެކެވެ. ހަމަމިހެން ލަފުހުރި ހިސާބު ރީތި ކުރުމުގެ ގޮތުން ހަމު މަތީ ފަށަލަތައް ކަހާލުން(dermabrasion) ފަދަ ކަންތައްތައް ވެސް ކޮށްއުޅެއެވެ. ކެމިކަލްއެއްގެ ބޭނުންކޮށްގެން ހަންނޮޅުން(chemical peel) އަދި ލޭޒަރުގެ ފަރުވާ އަކީ ވެސް މަދުން ނަމަވެސް ދީއުޅޭ ފަރުވާއެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!