ޚަބަރު
މަޖިލިސް އިންތިހާބާ ގުޅޭ ޝަކުވާތައް ހުށަހެޅުމަށް ޤައުމީ ކޮމްޕްލެއިންސް ބިއުރޯ ގާއިމުކޮށްފި

މަޖިލިސް އިންތިހާބާ ގުޅޭ ޝަކުވާތައް ހުށަހެޅުމަށް ޤައުމީ ކޮމްޕްލެއިންސް ބިއުރޯ ގާއިމުކޮށްފިއެވެ.

އިންތިހާބުތަކުގެ ބެެލެނިވެރި ފަރާތް، އިލެކްޝަން ކޮމިޝަން(އީސީ)އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އިންތިހާބާ ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ޝަކުވާތައް ހުށަހަޅާ ފޯމު އެ ކޮމިޝަނުގެ އިދާރާއިންނާއި، ވެބްސައިޓުގެ އިތުރުން ދަރުބާރުގެއިން ވެސް ލިބޭން ހުުންނާނެ ކަމަށެވެ. އަދި ރަށްރަށުންނާއި ރާއްޖެއިން ބޭރުން ނަމަ އެތަނެއްގައި ގާއިމުކޮށްފައިވާ ފޯކަލް ޕޮއިންޓުން ފޯމު ލިބެން ހުންނާނެ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އީސީއިން ހާމަކޮށްފައިވާ ގޮތުގައި، ބިއުރޯ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 15:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 14:00 އިން ހަވީރު 17:00 އަށެވެ.

ރަމަޟާން މަހުގައި ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 10:00 އިން 13:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 14:00 އިން 16:00 އަށެވެ.

މީގެ އިތުރުން ވޯޓުލާ ދުވަހު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެދުވަހު ވޯޓުނަގަން ފެށުނީއްސުރެން ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމާ ހަމައަށެވެ.

މެއިލް މެދުވެރިކޮށް ފޮނުވޭ ޝަކުވާތައް ހުށަހަޅާނީ އީސީގެ މެއިލް complaints@elections.gov.mv އަށެވެ.

ވޯޓުލުމަށް ހަމަޖެހިފައިވާ ތާރީޚަކީ 17 މާރޗު ވާ އާދިއްތަ ދުވަހެވެ. އެދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ވޯޓުލުން ކުރިއަށް ދާނެއެވެ. ވޯޓު ގުނުން އޮންނާނީ އެ ދުވަހުގެ އިރު އޮއްސި 6:45 ގައެެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!