ޚަބަރު
ރާއްޖޭގެ އުތުރުގައި މަސްވެރިކަން އުޅުނު ދިވެހި ކަންނެލި ދޯންޏަކަށް އިންޑިއާ ސިފައިން އަރައިފި

ރާއްޖޭގެ އުތުރުގައި މަސްވެރިކަން އުޅުނު ދިވެހި ކަންނެލި ދޯންޏަކަށް އިންޑިއާ ސިފައިން އަރައިފިއެވެ.

ރާއްޖޭގެ އުތުރުގައި ކަންނެލި މަސްވެރިކަން ކުރަމުންދިޔަ “އަސުރުމާ 3” ނަމަކަށް ކިޔާ ދޯންޏަކަށް އިންޑިޔާ ސިފައިން އަރާފައިވާ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން މައުލޫމާތު ދީފައިވެއެވެ.

“އަސުރުމާ 3” ދޯނިން ހާމަކޮށްފައިވާ ގޮތުގައި އެ ދޯންޏަށް އިންޑިއާގެ އަސްކަރީ ދެ މަނަވަރެއް ކައިރިކޮށް އޭގައި ތިބި ސިފައިން އަރާފައި ވަނީ ކުޅުދުއްފުށީ ސިޓީގެ ބޭރުން މަސްވެރިކަން ކުރަމުން ދަނިކޮށެވެ.

ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފުން ވިދާޅުވީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް ބޭރުގެ ޢަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން މަސްދޯންޏަށް އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާތީ އެކަން އެމްއެންޑީއެފުން ބަލަމުންގެންދާ ކަމަށެވެ. 

އެސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް މިހާރު ދަތުރު ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އދ. މަހިބަދޫ “އަސުރުމާ 3” ދޯންޏަށް އަރާފައިވަނީ އިންޑިއާ އަސްކަރިއްޔާއިންނެވެ.

މި މައްސަލަ މިހާރު ސަރުކާރުގެ ސަމާލުކަމަށްވެސް ވަނީ ގެނެސްފައެވެ. އަދި އެމްއެމްޑީއެފްގެ އުޅަނދެއް އެ ސަރަހައްދަށް ދަތުރުކުރަމުން އަންނަކަން އެނގިފައިވެއެވެ،

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ހަވަރު ތިނަދޫ

    އިންޑިޔާ ސިފައިން އެދޯންޏަށް އަރާ ސުވާލުކުރީ ހަވަރު ތިނަދޫ މިޔަރު ދޫކުރަން ބުނި ކޮންޑިޝަނަލް ގޯތިތަކާއި ބެހޭގޮތުންކަމަށް އިންޑިޔާ މީޑިޔާތަކުން ހަބަރު ފަތުރަން ފަށައިގިއެވެ