ޚަބަރު
މަޖިލިސް އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ގުޅޭގޮތުން ފަހުމުނާމާގައި ސޮއިކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ފަހުމުނާމާ އެއްގައި ސޮއިކޮށްފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ. އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ ނައިބު ރައީސް އަލްއުސްތާޒު އިސްމާއިލް ހަބީބުއެވެ.

ފަހުމުނާމާގައި ސޮއިކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތް މަޖިލިސް އިންތިހާބަކީ ވެސް މުޅިން އާ އިންތިހާބެއްކަމުގައި ދެކި، އިންތިހާބުގައި ދިމާވެދާނެ އެންމެހައި ކަންތައްތަކަށް ފުލުހުންގެ ޚިދުމަތުން ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އެގޮތުން، އިންތިހާބަށް ހާއްސަ ކޮމާންޑަރުން ކަނޑައަޅައި، އެހެނިހެން ބަހާތަކުން ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ތަންފީޒުކުރުމައްޓަކައި ކޮމިޓީއެއް އެކުލަވާލައި މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ. އަދި އިންތިހާބުގައި ފުލުހުންނާ ހަވާލުކުރެވިފައިވާ ޒިންމާތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ފުލުހުންގެ ޚިދުމަތުން ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށް ވިދާޅުވިއެވެ.

މި ފަހުމުނާމާއަކީ އިލެކްޝަންސް ކޮމިޝަނުން ކުރާ އިންތިހާބާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މަގުފަހިކޮށްދިނުމަށް ސޮއިކުރެވުނު ފަހުމުނާމާއެކެވެ. އަދި ސަލާމަތީ ކަންކަމާއި އިންތިހާބާ ގުޅުންހުރި ކަމެއްގެ ގޮތުގައި މި ފަހުމުނާމާގައި ބަޔާންކޮށްފައިވާ އެނޫންވެސް ކަންކަމުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެނަމަ އެ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެފަރާތުން އަމަލުކުރާނެ ގޮތްތައް މި ފަހުމުނާމާގައި ބަޔާންކޮށްފައިވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!