ޚަބަރު
ކަނޑު މަހުން ނަގާ ޑިއުޓީ ކުޑަކުރުމާއި ގުޅޭގޮތުން ވިލާތުގެ އިއްތިހާދާއެކު ސަރުކާރުން މަޝްވަރާކުރައްވައިފި

ވިލާތުގެ ގައުމުތަކަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހުން ނަގާ ޑިއުޓީ ކުޑަކުރުމާއި ގުޅޭގޮތުން ވިލާތުގެ އިއްތިހާދާއެކު ދިވެހި ސަރުކާރުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ބާއްވަފައި ވަނީ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބެލްޖިއަމްގެ ވެރިރަށް، ބްރަސަލްސްއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން، އީޔޫއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، މުހިއްމު މަޝްވަރާތަކެއް ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ވިލާތުގެ އިއްތިހާދުގެ މުހިއްމު އޮފީސްތަކެއް ޤާއިމްކޮށްފައިވާ ބެލްޖިއަމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޚާރިޖީ ވަޒީރު ވަނީ ޔޫރަޕިއަން ޕާލިމަންޓުގެ މެމްބަރެއްކަމަށްވާ، ނިކޮލާ ޕްރޮކަޗީނީއާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން ވިލާތުގެ ޤައުމުތަކަށް އެކްސްޕޯޓްކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން ދިވެހިންނަށް އީޔޫގެ ވީޒާ ފަސޭހައިން ލިބޭނެ ގޮތްތަކެއް ހަމަޖެއްސުމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މަހުން ނަގާ ޑިއުޓީ ކުޑަކުރުމާއި ވީޒާގެ ލުއި ފަސޭހަ ހޯދުމުގެ އިތުރުން، ރާއްޖެއާއި އީޔޫއާ ދެމެދު ގުޅުން ބަދަހިކުރެވޭނެ އިތުރު ދާއިރާތަކާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ޔޫރަޕިއަން ޕާލިމަންޓުގެ މެމްބަރެއްކަމަށްވާ، ނިކޮލާ ޕްރޮކަޗީނީގެ އިތުރުން، ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސްގެ މެނޭޖިންގ ޑިރެކްޓަރާވެސް ހާރިޖީ ވަޒީރު ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައިވެސް ހާރިޖީ ވަޒީރު ވަނީ މަހުން ނަގާ ޑިއުޓީއާއި ވީޒާގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ހާރިޖީ ވަޒީރު ބެލްޖިއަމަށް ކުރައްވާ ދަތުރުފުޅުގައި އިތުރު ބައްދަލުވުންތައްވެސް ބާއްވަވާނެއެވެ. އަދި މި ބައްދަލުވުންތަކުގައި ރާއްޖެއާއި އީޔޫއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

ހާރިޖީ ވަޒީރު ބެލްޖިއަމަށް ކުރައްވާ ދަތުރުފުޅުގައި 3 ވަނަ “އީޔޫ އިންޑޯ ޕެސިފިކް މިނިސްޓީރިއަލް ފޯރަމް”ގައިވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!