ޚަބަރު
ބޭބީ ނާސަރީ ހިމެނޭހެން ދިރާސީ އާ އަހަރު ދަރިވަރުން ސުކޫލަށް ވެއްދޭ އުމުރުފުރާ އިއުލާން ކޮށްފި

ސްކޫލްތަކަށް ކުދިން ވެއްދުމާއި އެއް ސްކޫލް އަނެއް ސްކޫލަށް ކުދިން ބަދަލުކުރުމުގައި އަންނަ ދިރާސީ އަހަރު ޢަމަލުކުރާނެ ގޮތުގެ ސަރކިއުލަރއެއް އެ ވުޒާރާއިން ވަނީ ސްކޫލްތަކަށް ފޮނުއްވާފައެވެ. 2024ވަނަ އަހަރުގެ ދިރާސީ އައު އަހަރު ފެށޭނީ އަންނަ މޭ މަހުގެ 26ވަނަ ދުވަހުއެވެ.

އަންނަ ދިރާސީ އަހަރުގައި ގްރޭޑް އެކަކަށް ވެއްދޭނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 6 އަހަރު ފުރި، 7 އަހަރު ނުފުރޭ ކުދިންކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.

ތަޢުލީމީ ވުޒާރާއިން ނެރުނު ސަރކިއުލަރގައި ވަނީ 2023-2024 ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން އަންނަ ދިރާސީ އަހަރު ގްރޭޑް އެކަކަށް ބަދަލުކުރެވޭނެކަމަށެވެ. އެ ކުދިން ވާންޖެހެނީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް 6 އަހަރު ފުރި، 7 އަހަރު ނުފުރޭ ކުދިންނަށް ސަރކިއުލާގައިވެއެވެ.

ނަމަވެސް އަހަރުގެ މެދުތެރެއަށް ދިރާސީ އަހަރު ފަށާގޮތަށް ބަދަލުކުރުމުން ފާއިތުވި ދެ އަހަރު، ގްރޭޑް 1އަށް ވެއްދީ ޑިސެމްބަރު މަހުގެ ނިޔަލަށް ހަތް އަހަރު ފުރިފައިވާ ކުދިންނެވެ.

އެހެނިހެން ގްރޭޑްތަކަށް ވެއްދޭ އުމުރުފުރާ:

* ބޭބީ ނާސަރީއަށް ވެއްދޭނީ މިދިޔަ ޑިސެމްބަރު 31ގެ ނިޔަލަށް 2 އަހަރު ފުރި، 3 އަހަރު ނުފެރޭ ކުދިން

* ނާސަރީއަށް ވެއްދޭނީ މިދިޔަ ޑިސެމްބަރު 31ގެ ނިޔަލަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން

* އެލް.ކޭ.ޖީއަށް ވެއްދޭނީ މިދިޔަ ޑިސެމްބަރު 31ގެ ނިޔަލަށް 4 އަހަރު ފުރި، 5 އަހަރު ނުފުރޭ ކުދިންނަށް. ނަމަވެސް ބެލެނިވެރިޔާ އެދިއްޖެނަމަ، މިއަހަރުގެ 31 މަރޗްގެ ނިޔަލަށް 4 އަހަރުވާ ކުދިންނަށް ފުރުޞަތު ދޭނެ

* ޔޫ.ކޭ.ޖީއަށް ވެއްދޭނީ މިދިޔަ ޑިސެމްބަރު 31ގެ ނިޔަލަށް 5 އަހަރު ފުރި، 6 އަހަރު ނުފުރޭ ކުދިނަށް. 2023-2024 ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަކުރި ހުރިހާ ދަރިވަރުން ޔޫ.ކޭ.ޖީއަށް ބަދަލުކުރާނެ

ތަޢުލީމީ ވުޒާރާއިން ވިދާޅުވި ދިރާސީ އަހަރު ހިންގަމުން ދަނިކޮށް، އެއްވެސް ކުއްޖަކު އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލު ނުކުރެވޭނެކަމަށެވެ. އަދި އެއްވެސް ދަރިވަރަކު އެ ހުރި ގްރޭޑުގައި ރިޕީޓު ނުކުރާނެ ކަމަށާއި ނަމަވެސް ބެލެނިވެރިޔާ އެކަށީގެންވާ އުޒުރެއް އޮވެގެން އެދިއްޖެނަމަ ރިޕީޓުކޮށްދޭނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވިއެވެ. އެފަދަ ހާލަތެއްގައިވެސް ދަރިވަރު ރިޕީޓް ކުރެވޭނީ ހުށަހަޅާ ލިޔުންތަކަށް ބަލައި، ތަޢުލީމީ ވުޒާރާގެ ހުއްދައާއެކުކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!