އީރާނުން ތިބީ ދޫދޭގޮތަކަށް ނޫން، އެމެރިކާއަށް ފަހުގެ އިންޒާރުދީފި
ޚަބަރު
ވިޝާމް ނިޔާވުމަކީ ގާނޫނީ ހިދުމަތުގެ ދާއިރާ އަށް ލިބުނު ފޫނުބެދޭނެ އުނި ކަމެއް: ރައީސް ޑރ މުއިއްޒު

ބާ ކައުންސިލްގެ ރައީސް އިސްމާއީލް ވިޝާމް ނިޔާވުމަކީ ގާނޫނީ ހިދުމަތުގެ ދާއިރާ އަށް ލިބުނު ފޫނުބެދޭނެ އުނި ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމަށް އެ ގެއްލުނީ ހިދުމަތްތެރި ޒުވާން، ތައުލީމީ ދަރިއެއް ކަމަށެވެ.

“ގައުމީ ހިތާމައިގެ މި ދަނޑިވަޅު އަޅުގަނޑުގެ އިހްލާސްތެރި ތައުޒިޔާ މަރުހޫމްގެ އާއިލާއަށާއި ބާ ކައުންސިލްގެ އެންމެހާ ގާނޫނީ ވަކީލުންނަށް ދަންނަވަމެވެ. މަރްހޫމް ވިޝާމްގެ އާއިލާ އަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. އަދި ކީރިތިﷲގެ ރުއްސެވުމާ ފުއްސެވުމުގައި މަރުޙޫމް އިސްމާޢީލް ވިޝާމް ލަހައްޓަވައި އެ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން.” ރައީސް މުއިއްޒު ވިދާޅުވިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައިވާ ވިޝާމް އަވަހާރަވި އިރު، އުމުރަކީ 39 އަހަރެވެ. އެނގިފައިވާ ގޮތުގައި އޭނާ ވެއްޓިފައި އޮއްވައި ފެނިފައިވަނީ ގޭތެރޭގައި އޮއްވައެވެ. ވިޝާމް ގެންދެވީ ބާ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސްގެ މަގާމުގެ ފުރުއްވަމުންނެވެ.

ވިޝާމްގެ ކުއްލި ވަކިވުމާއެކު ގާނޫނީ ދާއިރާގެ އިސް ބޭފުޅުންނާއި ވަކީލުން ގެންދަނީ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!