ޚަބަރު
ރާއްޖެއަށް އެތެރެކުރާ ބުއްފުޅިއާއި ބުއްފުޅީގެ ތުން ރަޖިސްޓަރީ ކުރުމަށް އަންގައިފި

ރާއްޖެއަށް އެތެރެކުރާ ބުއްފުޅިއާއި ބުއްފުޅީގެ ތުން ރަޖިސްޓަރީ ކުރުމަށް ރާއްޖެއަށް މުދާ އެތެރެކޮށް ވިއްކާ ފަރާތްތަކަށް (އިމްޕޯޓަރުންނަށް) އަންގައިފިއެވެ.

ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުން ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގައި ބަޔާންކުރާ ‘ކަނޑައެޅިފައިވާ އުފެއްދުންތައް’ ދިވެހިރާއްޖެއަށް އެތެރެ ކުރުމަށް ހުއްދަ ދެމުންދަނީ އެ އޮތޯރިޓީގެ ދިރިތި ޕޯޓަލްގައި ރަޖިސްޓަރީ ކުރުމަށްފަހުގައި ކަމަށް އެމްއެފްޑީއޭ އިން މިއަދު ވަނީ ބުނެފައެވެ.

މި ޤަވާޢިދުގައި ބަޔާންކޮށްފައިވާ “ކަނޑައެޅިފައިވާ އުފެއްދުންތައް”ވަނީ 2015 ވަނަ އަހަރުން ފެށިގެން ރަޖިސްޓަރީ ކުރަމުން ގޮސްފައެވެ. އެހެންނަމަވެސް، މިހާރަކަށް އައިސް މިފަދަ ތަކެތި އެ އޮތޯރިޓީގައި ރަޖިސްޓަރީ ނުކޮށް އިމްޕޯޓު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.

ކަންމިހެން އޮތުމާއެކު، ބުއްފުޅިއާއި ބުއްފުޅީގެ ތުން ރަޖިސްޓަރީ ކުރުމަށް އިމްޕޯޓަރުންނަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ. މިގޮތުން މި އުފެއްދުންތައް އެތެރެކުރާ ފަރާތްތަކުން 31 ޖުލައި 2024 ގެ ފަހުން އެމް.އެފް.ޑީ.އޭގައި ރަޖިސްޓަރީ ކުރުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!