ޚަބަރު
މާސްޓާސް އަށް ކިޔަވަން, 200 ސްކޮލާޝިޕަށް ހުޅުވާލައިފި، ހުރިހާ ހަރަދެއް ހިލޭ!

ޗައިނާ ސަރުކާރުގެ އެހީގައި ހުރިހާ ހަރަދަކާ އެކު، އެ ގައުމުގައި މާސްޓާސް އަށް ކިޔަވަން ދިވެހިންނަށް 200 ސްކޮލާޝިޕަށް ހުޅުވާލައިފި އެވެ.

ޗައިނީޒް ސްކޮލާޝިޕް ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ “ޔޫތް އޮފް އެކްސެލެންސް ސްކީމް އޮފް ޗައިނާ ޕްރޮގްރާމް” ގެ ދަށުން ދޫކުރާ ސްކޮލާޝިޕްތަކުގެ ހުރިހާ ހަރަދެއް ދެނީ އެ ކައުންސިލުންނެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް އޮތް ކަމަށް ޗައިނާ އިން އަންގާފައިވާ ކަމަށެވެ.

އެއް އަހަރު ދުވަހުގެ އެ ސްކޮލާޝިޕްގައި ބައިވެރިވުމަށް ބޭނުންވާ ނަމަ އަންނަ އޭޕްރީލް 15 އިގެ ކުރިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ. މާސްޓާސް ކޯސްތަކާ ބެހޭ މައުލޫމާތާއި ކޯހަށް ފޯމު ހުށަހަޅާނެ ގޮތުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓް އިން ލިބޭނެ އެވެ.

ޗައިނާގެ 78 ޔުނިވާސިޓީގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، ކޯހަށް ހޮވޭ މީހުން ރާއްޖެ އިން ފުރުމުގެ ކުރިން އެ މީހަކު ބައިވެރިވާ ކޯސް ހިންގާ ޔުނިވާސިޓީ އާއި ކޯހަކީ ރާއްޖޭގެ އެމްކިޔުއޭ ގަބޫލުކުރާ ކޯހެއްތޯ ޔަގީން ކުރުމަށް މިނިސްޓްރީން އެދެ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!