ޚަބަރު
ވިލިމާލޭގެ މޫދަށްއެރޭ ސަރަހައްދު ހިމާޔަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

މާލެސިޓީގެ ފަސްވަނަ އަވަށްކަމަށް ކަނޑައަޅާފައިވާ ވިލިމާލޭގެ މޫދަށް އެރޭ ސަރަހައްދު ހިމާޔަތް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އާންމުންގެ ސުވާލުތަކަށް ސޯޝަލް މީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން ރައީސްއޮފީހުން އިއްޔެ ފެށި ސިލްސިލާ “ރައީސްގެ ޖަވާބު” ގައި ވާހަކަފުޅު ދައްކަވަމުން ރައީސް މިހެން ވިދާޅުވީ ރައީސާ މިއަދުގެ ސުވާލު ކުރެއްވި ރާއްޖޭގެ ފުރަތަމަ އަންހެން ޕަޑީ ސެޓިފައިޑް ކޯސް ޑިރެކްޓަރު ޒޫނާ ނަސީމް (ޒޫންޓި) އަށް ޖަވާބު ދެއްވަމުންނެވެ.

ވިލިމާލޭ ގައި މޫދަށް އެރެން އޮތް ސަރަަހައްދަކީ ގްރޭޓާ މާލެ ސަރަހައްދުން މިހާރު މޫދަށް އެެރެން އޮތް ހަމައެކަނި ސަރަހައްދުކަން ފާހަގަ ކުރައްވައި ޒޫނާ ނަސީމް ވަނީ އެތަން ހިމާޔަތްކޮށް މޫދަށް އެރޭ ސަރަހައްދެއްގެ ގޮތުގައި ބޭއްވުމަށް އެދިލައްވާފައެވެ. ހަމައެހެންމެ އެ ސަރަހައްދުން ބައެއް ދޯނިތައް ދަތުރުކުރާކަން ހާމަކުރެއްވުމާއެކު ޒޫނާ އެދިލެއްވީ މަސް ހިފުން ފަދަ ކަންކަމުގައި މީހުން އުޅޭތީ މޫދަށް އެރުމުގެ ހަގީގީ މާނައިގައި އަންނަ ފަރާތްތަކަށް މޫދަށް އެރެވޭނެފަދައަކުން ހާއްސަ ސަރަހައްދަކަށް އެތަން ހަދައިދިނުމަށެވެ.

ރައީސް ޑރ މުއިއްޒު ވަނީ އެއީ ސަރުކާރުގެ ޕްލޭން ގައި އޮތް ކަމެއް ކަމަށް ވިދާޅުވެ ވިލިމާލެ މޫދު ސަރަހައްދު ހިމާޔަތް ކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ވެސް ވިދާޅުވީ އެއީ ވަރަށް ގިނަ ބަޔަކަށް ފައިދާ ކުރާނެ ކަމެއް ކަމަށެވެ.

ހަމަމިއާއެކު ޑައިވަރުން ތަމްރީން ކުރުން ފަދަ ކަންކަމަށް ހާއްސަކޮށްގެން ދިގު މުއްދަތަކަށް ބިން ދޫކުރެވޭނެ ގޮތެއް ވުމަކީ ވެސް ވަރަށް ބޮޑު އެދުމެއް ކަމަށާއި އެ ފުރުސަތު ހުޅުމާލެއެކޭ އެއްގޮތަށް ވިލިމާލޭ ގައި ވެސް ފަހި ވުން ބޭނުންވާ ކަމަށް ޒޫނާ ވަނީ ދަންނަވާފައެވެ.

އެ ފުރުސަތު އޮތް މިންވަރަކުން އެކަންކަން ތަނަވަސް ކޮށް ދެއްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!