ޚަބަރު
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަޝްވަރާ ބައްދަލުވުމަށް ދިވެހި ވަފުދެއް އިންޑިއާއަށް

ދިވެހިރާއްޖެއާއި އިންޑިއާއިން މަޝްވަރާކުރަން ޖެހޭ ކަންކަމާ ގުޅިގެން ދެ ޤައުމުގެ އިސް އޮފިޝަލުން ބައިވެރިވާ ހައި ލެވެލް ކޯ ގްރޫޕުގެ ދެ ވަނަ ބައްދަލުވުުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ފަށައިފިއެވެ. ހައި ލެވެލް ކޯ ގްރޫޕުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ މިދިޔަ މަހުގެ 14ވަނަ ދުވަހު ރާއްޖޭގެ ޚާރިޖީ ވުޒާރާގައެވެ.

ދެވަނަ ބައްދަލުވުން ނިއު ދިއްލީގައި ކުރިއަށްދާކަން ހާމަކުރައްވާ ޙާރިޖީ ވުޒާރާއިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ އެ ބައްދަލުވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރާއެކު މިދިޔަ އަހަރު ޑިސެމްބަރު މަހު ދުބާއީގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން އެއްބަސްވެވަޑައިގަތް ގޮތަށް އެކުލަވައިލާފައިވާ ހައި ލެވެލް ކޯ ގްރޫޕުގެ ބައްދަލުވުން ތަކެއް ކަމަށެވެ.

ހައި ލެވަލް ކޯ ގުރޫޕުގެ ފުރަތަމަ ބައްދަލުވުމުގައި ދެ ޤައުމުން ވަނީ ތަރައްޤީގެ ރޮނގުގައި އެއްބާރުލުން ދިނުމާއި ދެ ޤައުމުގެ އެކުވެރިކަމުގެ ގުޅުމުގެ ތެރެއިން ދެ ފަރާތުގެ ޝައުޤުވެރިވާ ކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްކަތް ދިވެހި ސަރުކާރުން އެދޭގޮތަށް އަވަސްކުރުމާމެދު އިންޑިއާއިން އެއްބަސްވެފައިވާކަމަށް ވެސް ޚާރިޖީ ވުޒާރާއިން އޭރު ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މައްސަލާގައި ދެ ޤައުމުގެ ދެމެދުގައި ސިލްސިލާ ގޮތެއްގައި މަޝްވަރާ ބައްދަލުވުންތައް އަންނަނީ ބާއްވަމުންނެވެ. އެ ގޮތުން ހައި ލެވެލް ކޯ ގްރޫޕުގެ ފުރަތަމަ ބައްދަލުވުމަށް ރާއްޖޭގެ ރައީސް މުޢިއްޒު ހުށަހެޅުއްވި ކަރުދާހުގައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ފޭބުމަށް ދިވެހި ސަރުކާރުން އެދޭކަމަށް ވިދާޅުވެފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!