ފެންޑާ
ބާރުގެއްލޭ ދުވަހު ހިތާމަ ކުރަންޖެހޭ ވަރަށް، ބާރު އޮތް ދުވަހު ބާރުގެ ބޭނުން ނުކުރުން

އަހަރެމެން އިންސާނުންނަށް ލިބިފައިވާ ބާރުގެ ބޭނުން ހެޔޮގުތުގައި ހިފުމަކީ ވަރަށްވެސް މުހިންމުކަމެކެވެ. ބާރުގެއްލޭ ދުވަހު ތިމާ ހިތާމަ ކުރަންޖެހޭ ވަރަށް، ބާރު އޮތް ދުވަހު ބާރުގެ ބޭނުން ނުކުރާށެވެ.

މި ދުނިޔެމަތީގައި އާރާއި ބާރު އެއީ الله ތަޢާލާ އިރާދަކުރައްވާ މިންވަރަކަށް އެކަލާންގެ އިރާދަކުރައްވާ އަޅަކަށް ދެއްވާ އެއްޗެކެވެ. އެއްވެސް ހާލެއްގައި ތިމާގެ މޮޅު ކަމަކުން ނުވަތަ ތިމާއަތުގައި ފައިސާ ގިނަވެގެން ހޯދޭ އެއްޗެއް ނޫނެވެ. އެކަން މި މުޖްތަމަޢަށް ބަލާލި ކަމުގައި ވިޔަސް، ނަޒަރު ހިންގާލި ކޮންމެ ދިމާލަކުން މިކަން ފެނިގެންދާނެއެވެ.

ބާރުލިބޭ ދުވަހު އެ ބާރު ހެޔޮގޮތުގައި ބޭނުން ނުކޮށް، އާރާއިބާރުގެ މަތީގައި  ތާއަބަދު ތިބޭވޭނެކަމަށް ދެކި އެކަމަށް މަގުފަހި ކުރި ނަމަވެސް އެ ވަގުތު ޖެހުމުން އެކަން  ބަދަލުވެގެން ދެއެވެ. ބާރެއް ލިބޭ ދުވަހު އަނިޔާވެރިކަމާއި ބޭއިންސާފުގެ މަގު އިސްނުކުރާށެވެ. މި ދުނިޔެ ދޫކޮށް ދާންޖެހޭނެކަން ހިތަށް ގެނެސް ޒާތީ ހަސަދަ ތަކުން ދުރުހެލިވުމަށް މަސައްކަތް ކުރާށެވެ. ތިމާގެ ބޮޑާކަމާއި، ކިބުރުވެރިކަމުން، ﷲ ތަޢާލާ މިއުޑުދަށުގައި ލައްވާފައިވާ އެއްވެސް ޚަލްޤެއް ނިކަމެތިކޮށް ނުލާށެވެ.

ﷲ ތަޢާލާ އިންސާނާ އަށް ވެރިކަން ދެއްވުމުން އެކަމަށް ޤައްދާރުވި ކިތައްކިތައް މީހުން ނިކަމެތި ކުރައްވައި އެ ބާރު ގެންދަވާފައި ވޭ ހެއްޔެވެ؟ އިއްޔެ ފައިސާގެ މަތީގައި އުދުހުނު ނަމަވެސް މިއަދު ނިކަމެތިވެ ފަގީރުވެފައި ވަނީ އޭގެތެރެއިން  ކިތައް މީހުން ހެއްޔެވެ؟ އިއްޔެ ނުހައްޤުން މީހުންނަށް އަނިޔާވެރިވި ކިތައްކިތައް މީހުން ޖަލުގެ ތޭރިތަކުގެ ތެރޭގައި ވޭ ހެއްޔެވެ؟ މިފަދަ އެތައް ކަމެކެވެ. ނަމަވެސް ވިސްނައި ފިކުރުކުރާ ބަޔަކަށެވެ. މިއީ އިއްޔެ އާއި މިއަދު ވެސް ދުނިޔެ ދެކެމުން އަންނަ ހަޤީޤަތެވެ. 

ހިތާމައަކީ ބާރެއް ލިބޭ ދުވަހު އެއީ ވަގުތީ އެއްޗެއްކަން އިހުސާސް ނުކުރެވުމެވެ. އެންމެ ހެޔޮއެދޭ މީހާއަށް ވެސް ގައްދާރުވެވުމެވެ. ހެޔޮ ނަސޭހަތެއް ދޭ މީހާވެސް އެއީ އަދުއްވުން ކަމުގައި ދެކެވުމެވެ. އަމިއްލަ އެދުންތަކުން އެއްކިބާވެ އިންސާނާ ޚަލްޤު ކުރައްވައި ދުނިޔެއަށް ފޮނުވުނު މަގުސަދާއި މެދު ވިސްނައިލަމާ ހިނގާށެވެ. މާތްﷲ އެކަލާނގެ އަޅުތަކުން ކަމުގައިވާ، ޖިންނީންނާއި އިންސީން ހެއްދެވީ އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. މިގޮތުން ކިތަންމެ ބޮޑު ބާރެއް ލިބިފައިވީ ކަމުގައިވީނަމަވެސް، މިދުނިޔެމަތީގައި ބޮޑާވެ، ކިބުރުވެރި ނުވާށެވެ. މީހުންނަށް އަނިޔާވެރި ނުވާށެވެ. ބާރުގެއްލޭ ދުވަހު ތިމާ އޭގެސަބަބުން ހިތާމަ ކުރަންޖެހޭ މިންވަރަށް ބާރު އޮތް ދުވަހު ބާރުގެ ބޭނުން ނުކުރުށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!