ޚަބަރު
މަސްވެރީންނަށް ނުދެވި 190ރ. މިލިއަން އެބަހުރި، އަމާޒަކީ ބެކްލޮގް އެއްކޮށް ފިލުވާލުން: ވަޒީރުޝިޔާމް

މި ވަގުތަށް މަސްވެރިންނަށް ނުދެވި ހުރިކަމަށް ހިސާބުތަކުން ދައްކާ 190 މިލިއަނެއްހާ ރުފިޔާ ދެވޭނެ ގޮތްވެ، ސަރުކާރުގެ އަމާޒަކީ މިހާރު އޮތް ބެލްކޮގް އެއްކޮށް ފިލުވާލެވި ބަރާބަރަށް މަސްވެރިންނަށް ފައިސާ ދެވިގެން ދިއުންކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝިޔާމް މިއަދު ވިދާޅުވީ ‏މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި ލަސްވާތީ އާއިލާތަކުގެ ޒަރޫރީ ބޭނުންތައް ނުފުއްދި ކުލި ނުދެއްކި ޔުޓިލިޓީ ބިލްތަކަށް ފައިސާ ނުދެއްކި ދަރިންގެ ޓިއުޝަންފީ ނުދެއްކި ލޯނުތައް އަދާނު ކުރެވި ދުވަސްތައް ގުނަންޖެހުމަކީ އެއްވެސް ފަރުދަކަށް / އާއިލާ އަކަށް ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެއީ ލިބޭ ވަރަށް ވެސް ބޮޑު ހިތްދަތި ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު މަސްވެރިންނަށް ދޭން ޖެހޭ 250 މިލިޔަނެއްހާ ރުފިޔާ އޮތް. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މިހާތަނަށް މިފްކޯ އިން ސަރުކާރުގެ އެހީތެރިކަމާ އެކު 276 މިލިއަނަށް ވުރެ ބޮޑު އަދަދެއް މަސްވެރިންނަށް ހަލާސް ކުރެވިއްޖެ،”

އެހެން ނަމަވެސް ދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްކޮޅަކަށް ވެފައި ކޮންމެ ދުވަހަކު އިތުރުވާ އަދަދާ އެކު މަސްވެރިންނަށް ނުދެވި މި ވަގުތަށް 190 މިލިއަނެއްހާ ރުފިޔާ ހުރިކަން ހިސާބުތަކުން ދައްކާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

“ސަރުކާރު އަދި މިފްކޯ އިން ދަނީ ރައީސުލް ޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަށް ސަވަރިން ގެރެންޓީ ދީގެން ވެސް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ބާރަށް ކުރަމުން. ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕު ކުރުމާ މާލީ ޑިސިޕްލިން ގެންގުޅުނު ގޮތުން އެތެރެއިން އަދި ބޭރުންވެސް ފެސިލިޓީއެއް ހޯދުމުގައި ގޮންޖެހުން ހުރިކަންވެސް ފާހަގަކުރަން،”

ނަމަވެސް ޔަގީން ކުރަނީ ލަސްތަކެއް ނުވެ މިހާރު ހުރި ބެކްލޮގް އެއްކޮށް ފިލުވާލެވި ބަރާބަރަށް މަސްވެރިންނަށް ފައިސާ ދެވިގެން ދިއުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މަސްވެރި ސިނާއަތުގައި ހުރި އެހެން ގޮންޖެހުންތައް ވެސް ހައްލުވެ މި ސަރުކާރުގެ މަސްވެރި މެނިފެސްޓޯ ބަރާބަރަށް ތަންފީޒުވެ މަސްވެރި ކަމުން ލިބޭ އާމްދަނީ އިތުރުވެގެން ދިއުން ކަމަށް ވިދާޅުވި އެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!