ޚަބަރު
“އާބާދީ 55 ގެ ތަމްސީލު” މަސައްކަތް ބާރަށް ކުރިއަށް

ތިނަދޫއަށް އަލުން މީހުން އާބާދުވާން ފެށިތާ 55 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މި އޮގަސްޓް 21 އަދި 22 ގައި ބާއްވާ ޚާއްސަ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ސްޓޭޖް ތަމްސީލުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމުގައި އާބާދީ 55 ގެ އެކްސްކޯ ޓީމުން ބުނެފިއެވެ.

ތިނަދޫ އަށް މީހުން އާބާދުވެގެން ދިޔަގޮތް ދައްކައިދޭ މިތަމްސީލަކީ ސްޓޭޖް ބައެއް ހަރަކާތްތަކަކާއެކު ކުޅެފައިވާ ބައެއް މަންޒަރު ހިމެނޭ ގޮތަށް މިއުޒިކާއެކު ތައްޔާރު ކުރާ ހަރަކާތްތެއް ކަމަށް އެކްސްކޯ ޓީމުން މައުލޫމާތު ދެއެވެ.

ބުންނާރު ސްޓޫޑިއޯ ގެ ފަރާތުން މިއުޒިކް ތައްޔާރު ކުރާ ތަމްސީލަކީ ސްޓޫޑިއޯ 33 ގެ އެކްޓަރުންގެ މުހިންމު ރޯލެއް ފެނިގެން ދާ ބޮޑު ޙަރަކާތެކެވެ. މީގެ އިތުރުން އިވެންޓް ކާސްޓް ، ޗައްޕަލާ ސްޓޫޑިއޯ ގެ މުހިއްމު ދައުރެއް ހިމެނެއެވެ.

ތިނަދޫ ކައުންސިލުން އިސް ނަގައިގެން ތައްޔާރު ކުރާ މިތަމްސީލުގައި ރަށު ތެރޭގައި ކުރަން ޖެހޭ ޝުޓިންގގެ ބޮޑު ބައެއް ވަނީ ނިމިފައެވެ. ތިނަދޫގެ ގިނަބަޔަކު ބައިވެރިވާ މިތަމްސީލަކީ ތިނަދޫ އަލިދޯދި، އަބްދުﷲ އަފީފް ހައްދަވާފައިވާ “މި ރަޓާ ލެބީގެކުން ވަރިހަމައި” ޅެން އަސްލަކަށް ބަލައިގެން ތައްޔާރު ތަމްސީލެކެވެ.

ގދ ތިނަދޫގައި މިހާ ކުލަގަދަކޮށް އާބާދީ ދުވަސް ފާހަގަ މިކުރަނީ 30 އަހަރު ފަހުންނެވެ. ތިނަދޫ އަށް 2 ވަނަ ފަހަރަށް މީހުން އާބާދުވީ ދުވަސް ކުލަގަދަކޮށް އެންމެ ފަހުން ފާހަގަކޮއްފައި ވަނީ 1991 އަހަރުއެވެ. އެފަހަރު އެ ދުވަސް ފާހަގަ ކޮއްފައި ވަނީ “އާބާދީ 25” ގެ ނަމުގައެވެ. އެފަހަރު ތިނަދޫ ގައި ވަނީ ރަށުގައި ވަރަށް ގިނަ ކަންތައްތަކާ ކުޅިވަރު ޙަރަކާތްތައް ކުރިއަށް ގެންދެވިފައިވެއެވެ. އޭގެ ތެރޭގައި މަސައްކަތް ފެށިތާ 72 ގަޑި އިރު ތެރޭގައި އިމާރާތްކޮށް ނިންމާފައިވާ އާބާދީ މަރުކަޒު ފާހަގަ ކޮށްލެވެއެވެ. އަދި ރަށުގެ ބަނދަރު ސަރަޙައްދުގައި ޕާކުތައް ހެދުމާއި އާދަޔާ ޚިލާފަށް ރީތިކޮށް ރަށް ޒީނަތްތެރި ކުރުން ހިމެނެއެވެ. އޭގެ ފަހުން އެހާ ކުލަގަދަކޮށް ތިނަދޫ އާބާދީ ދުވަސް ފާހަގަ ކުރުމަށް އަބަދުވެސް މަސައްކަތް ކުރެއެވެ. ނަމަވެސް ކޮންމެވެސް ކަމަކާ ގުޅިގެން އެކަން އޮތީ ނުވެފައެވެ. އެންމެ ފަހުން އެދުވަސް ވަރަށް ބޮޑުކޮށް ފާހަގަ ކުރަން ނިންމީ މީގެ 5 އަހަރު ކުރިންނެވެ. ކުރީގެ ރައީސް ޔާމިން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައެވެ. ނަމަވެސް ތަފާތު ސަބަބުތައް މެދުވެރިވެގެން އެ ފަހަރު ވެސް އެކަން ވާގޮތެއް ނުވިއެވެ. އެހެން ކަމުން ތިނަދޫގައި މީހުން 2 ވަނަ ފަހަރަށް ވަޒަންވެރި ވާން ފެށި ދުވަސް ކަމަށްވާ 1966 އޮގަސްޓް 22 ނިސްބަތްކޮށް ފާހަގަ ކުރަމުން ދިޔަ އޮގަސްޓް 22 ކުލަގަދަކޮށް ފާހަގަ ނުވާތާ މިހާރު 30 އަހަރުވީއެވެ.

އެގޮތުން މިއަހަރު ތިނަދޫ ކައުންސިލްގެ އިސްނެގުމާއި އެކު ވަނީ ރަށުގެ ކްލަބް ޖަމްޢިއްޔާތަކާ މުޢައްސަސާތަކާ އެކު ބައްދަލުވުންތައް ބާއްވާ އެކުލަވާލި ޕްރޮގްރާމްތަކަށް ޙަރަކާތްތައް އިތުރު ކޮށް ތައްޔާރުވުންތައް ފަށާފައެވެ. މިވަގުތު ކުރިޔަށްދާ އެންމެ މުހިންމު ކަމަކީ ތިނަދޫ އަށް 2 ވަނަ ފަހަރަށް މީހުން އާބާދުވުން ފެށި ގޮތް ދައްކައިދޭ މިއުޒިކަލް ސްޓޭޖް ތަމްސީލު ތައްޔާރު ކުރުމުގެ މަސައްކަތެވެ. ތިނަދޫ ގައި ތިބި ފަންނުވެރި ޒުވާނުން ގުޅިގެން ތައްޔާރު ކުރާ މި ޑްރާމާ ހުށަހަޅަން ހަމަޖެހިފައިވަނީ ތިނަދޫ މިއުޒިއަމް ޕާކުގައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!