ޚަބަރު
ވައިގެ ދަތުރުފަތުރުގެ ޕްލެޓްފޯމްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް އިންޑިއާއި ރާއްޖެ އެއްބަސްވުންތަކެއް

އިންޑިޔާ-މޯލްޑިވްސް ހައިލެވެލް ކޯރ ގްރޫޕްގެ ދެވަނަ ބައްދަލުވުން ބާއްވައިފިއެވެ.

އިންޑިއާ-މޯލްޑިވްސް ހައިލެވެލް ކޯރ ގްރޫޕްގެ ދެވަނަ ބައްދަލުވުން މިއަދު ބޭއްވީ އިންޑިއާގެ ނިއުދިއްލީގައެވެ. އެ ބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައި ވެއެެވެ.

ދިއްލީގައި މިއަދު ކުރިއަށްދިޔަ ހައި ލެވެލް ކޮމިޓީގެ ދެ ވަނަ ބައްދަލުވުމަށްފަހު, އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިންސާނީ އެހީތެރިކަމާއި ކުއްލި ފަރުވާގެ ބޭނުންތަކަށް މީހުން އުފުލުން ފަދަ ކަންކަމަށް އިންޑިއާގެ ޑޯނިއާ އަދި ހެލިކޮޕްޓަރު އޮޕަރޭޝަންތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި މަސައްކަތްކުރެވޭނެ ގޮތްތަކެއް ކަނޑައެޅުމަށް ދެ ގައުމުގެ ދެމެދުގައި އެއްބަސްވެވުނު ކަމަށެވެ.

ދިވެހި ރައްޔިތުންނަށް އިންޑިޔާގެ ވައިގެ ދަތުރުފަތުރުގެ ޕްލެޓްފޯމްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ޓަކައި ދެޤައުމުގެ ދެމެދުގައި މަސައްކަތްކުރެވޭނެ ގޮތްތަކެއް ކަނޑައެޅުމަށް ވެސް ދެފަރާތުން ވަނީ އެއްބަސްވެފައެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ހުކުރު ދުވަހު މުހިންމު މަޝްވަރާތަކެއް ބާއްވާފައިވާއިރު، އިންޑިއާގެ އަސްކަރީ ޕްލެޓްފޯމްތައް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ޓަކައި ދެގައުމުން ވެސް މަސައްކަތް ކުރެވޭނެ ހައްލެއް ހޯދުމުގެ މަގްސަދުގައި ކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ.

ހައިލެވެލް ކޯރ ގްރޫޕްގެ ދެން އޮންނަ ބައްދަލުވުން މާލޭގައި ބޭއްވުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!