ޚަބަރު
މެއި 10 ގެ ކުރިން ހުރިހާ އިންޑިއާ ސިފައިން ރާއްޖޭން ގެންދިއުމަށް އެއްބަސްވެއްޖެ!

އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން އަނބުރާ ގެންދިއުމަށް ދެ ގައުމުގެ ދެމެދުގައި އެއްބަސްވެއްޖެ އެވެ.

ދިއްލީގައި ކުރިއަށް ދިޔަ ހައިލެވެލް ކޮމިޓީގެ ދެ ވަނަ ބައްދަލުވުމަށްފަހު ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނީ, މިއަދުގެ ބައްދަލުވުމުގައި އެއްބަސްވެވުނީ އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓު ކުރަމުން އަންނަ ތިން އުޅަނދުގެ ތެރެއިން އެއް އުޅަނދުގައި ހަރަކާތްތެރިވާ ސިފައިން މާޗް 10 ގައި ފައިބާނެ ކަމަށެވެ.

އަދި ބާކީ ދެ އުޅަނދުގައި ހަރަކާތްތެރިވާ ސިފައިން ބާލާނީ މެއި 10 ގައި ކަމަށް ވެސް ހާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

ބައްދަލުވުމަށްފަހު އިންޑިއާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ އިންޑިއާ ސިފައިން ފޭބިނަމަވެސް, އިންސާނީ އެހީތެރިކަމާއި ކުއްލި ފަރުވާގެ ބޭނުންތަކަށް މީހުން އުފުލުން ފަދަ ކަންކަމަށް އިންޑިއާގެ ޑޯނިއާ އަދި ހެލިކޮޕްޓަރު އޮޕަރޭޝަންތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި މަސައްކަތްކުރެވޭނެ ގޮތްތަކެއް ކަނޑައެޅުމަށް ދެ ގައުމުގެ ދެމެދުގައި އެއްބަސްވެވުނު ކަމަށެވެ.

މީގެ ކުރިން އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަޝްވަރާކުރަމުން އަންނަނީ އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށްފަހު, އެ ގައުމުގެ ސިވިލް މީހުންނަށް އުޅަނދުތައް އޮޕަރޭޓު ކުރެވޭނެ ގޮތެއް ހެދުމަށެވެ.

އޭގެ އިތުރުން، އެކި ދާއިރާތަކުން ދެ ގައުމު ދެމެދު ގުޅުން ބަދަހި ކުރުމާ ބެހޭގޮތުން ވެސް ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެ އެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!