ޚަބަރު
އެންމެ ފަހުން ފިޔޯރީގެ ހުވަފެން ޙަޤީޤަތަކަށް، ލޯކަލް ޓޫރިޒަމް އަށް ކާޅެހުއްޓާ ތަަރައްޤީ ކުރަނީ

ގދ.ފިޔޯރީ އިހުތިސޯސް ގަ ހިމެނޭ ކާޅެހުއްޓާ އިން ލޯކަލް ޓޫރިޒަމް އަށް ތަރައްޤީ ކުރުމަށް އެލްޔޫޕީ ހިމަނާފައިވާ 4.5 ހެކްޓަރ ބިން ލޯކަލް ޓޫރިޒަމް އަށް ތަަރައްޤީ ކުރުމަށް ބިޑަށް ހުޅުވާލި ފުރުސަތުގަ އެ ބިޑް ކާމިޔާބު ކުރި އަލް އަމާން ވޯލްޑް ކެޕިޓަލް ސެންޓަރ ޕްރައިވެޓް ލިމިޓެޑާއި ސެކްރެޓްރޭޓް އޮފް ދަ ސައުތު ހުވަދޫ އެޓޯލް ފިޔޯރީ ކައުންސިލް އާއި ދެމެދު އެއްބަސް ވުމުގައި ސޮއި ކޮށްފިއެވެ.

މިއަދު ފިޔޯރީ ކައުންސިލް އިދާރާ ގައި ކުރެވުނު އެއްބަސް ވުމުގައި އެ ސަރަހައްދު ގައި ލޯކަލް ޓޫރިޒަމް ހިންގުމަށް 50 އަހަރުގެ މުއްދަތަށް ވަނީ އެއްބަސް ވެފައެވެ މި އެގްރީމެންޓްގެ ދަށުން 6 މަސްދުވަހުގެ ތެރޭގައި އެ ބިމުގެ އަމަލީ މަސައްކަތް ފަށާ ދެއަހަރު ތެރޭގަ ޚިދުމަތް ދޭން ފަށަންޖެހެއެވެ. އަދި މި އިންވެސްޓްމެންޓަކީ ފޮރިން އިންވެސްޓް މެންޓެއް ކަން ފާހަގަ ކޮއްލެވެއެވެ.

ފިޔޯރީ ރައީސް ފައިޒަރު ރަޝީދު ވިދާޅުވީ މިފަހަރުގެ އިންވެސްޓް ކާމިޔާބުވެ ރައްޔިތުންނަށް އޭގެ މަންފާ ލިބިގެންދިއުމަކީ ރައްޔިތުން އެންމެންގެ އުންމީދު ކަމަށެވެ.

ފިޔޯރީ އަކީ ހުވަދު އަތޮޅުގެ އެންމެ ރީތި ރަށްތަކާއި ގުދުރަތީ ރީތިކަން އެންމެ ބޮޑަށް ފާހަގަ ކުރެވޭ އެއް ސަރަހައްދެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ފިޔޯރީ

    ތިފަދަ އެއްބަސްވުންތަކަކީޜައްޔިތުންގެ ބިންތައް ނުޙައްޤުން ވިއްކާ ފައިސާކޮޅެއް އަމިއްލަ ޖީބަށް ޖަމާކުރަން ކުރެވޭ ކަންކަން. ކޮންްމެވެސް ދިވެއްސަކާއި ކައުންސިލް ރައީސްއާއި ގުޅިގެން ބޭރު އިންވެސްޓަރެއްގެ އަތުން ނަހަމަގޮތުގައި ފައިސާގަނޑެއް ހޯދަން މި ގަނޑެއްނުގަން ދުވަސްވަރެއް މި ދައުރުގައި ނާދޭ. ކާޅެހުއްޓާގަ ޢަމަލީ މަސައްކަތް ކޮންްމެވެސް މިންވަރަކަށް ކުރިޔަށްގެންގޮސް ބިން ބޭންކަށްދައްކާ ލޯން ނެގުމަށްފަހު އެބިން އެގޮތަށް ބޭއްވުން ރައްޔިތުންނަށް ލިބިގެންދާނެ ބޮޑުގެއްލުމެއް. މިފަދަ ގޮތަކަށް އިންވެސްޓަރަށް ފުރުސަތު އޮންނަ ގޮތަށް އެގްރީމެންޓް ވަނީ ފަރުމާކުރެވިފަ.