ޚަބަރު
ދިވެހި ސަރުކާރުން ފަހަތަކަށް ނުޖެހޭ، ސަރުކާރުން އިންޑިއާ ގައި އެދުނީ ރަސްމީކޮށް ލިޔުމަކުން ޖަވާބު ދޭން!

އިންޑިޔާގެ ޢަސްކަރިއްޔާއިން ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފަށް ރާއްޖެ ސަރަހައްދަށްވަދެ، ރާއްޖޭގެ މަސް ދޯނިތަކަކަށް އަރައި ހިންގި އޮޕަރޭޝަނުގެ ތަފްސީލް ދެއްވުމަށް ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިއްޖެއެވެ.

ދިވެހި މަސް ދޯނިތަކަކަށް އިންޑިއާ އަސްކަރިއްޔާއިން އަރާފައިވަނީ ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް މިދިޔަ ބުދަ ދުވަހު، ހއ.ދިއްދޫ އިރު އުތުރުން 72 ނޯޓިކަލް މޭލު ބޭރުންނެވެ.

ދިފާޢި ވުޒާރާއިން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނިތަކަށް އިންޑިއާ ސިފައިން އަރާފައިވަނީ ދިވެހިރާއްޖޭގެ ކަމާގުޅުންހުރި އެއްވެސް އިދާރާއަކާއި ޙިއްސާކުރުމެއްނެތި އަދި ބައިނަލްއަޤްވާމީ ކަނޑުގެ ޤާނޫނުތަކާއި އުޞޫލުތަކާއި ޚިލާފަށްކަމަށެވެ. އެހެންކަމުން އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށްވަދެ، ދިވެހި 3 މަސް ދޯންޏަކަށް އަރާ ސުވާލުކުރި މައްސަލައިގެ ތަފްސީލް ހޯދުމަށް އިންޑިއާގެ ސަރުކާރުގައި ރަސްމީކޮށް އެދިފައިވަނީ ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާ މެދުވެރިކޮށްކަމަށް ދިފާއީ ވުޒާރާގެ ބަޔާނުގައިވެެވެ.

ދިފާޢީ ވުޒާރާގެ ބަޔާނުގައި ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެ ސަރަހައްދަށް ވަދެ، އދ.މަހިބަދޫ “އަސުރުމާ-3” ދޯނީގެ އިތުރުން، އިތުރު 2 ދޯންޏަކަށް އަރާ ސުވާލުކޮށްފައިވާކަންވެސް މިހާތަނަށް ބެލިބެލުމުން ހާމަވެފައިވާކަމަށެވެ. އެއީ މޮހޮރާ-3 އަދި ނިރު-7 ނަމަކަށް ކިޔާ ބޮޑުކަންނެލީގެ މަސްވެރިކަމުގައި އުޅޭ ދޯނިތަކެއްކަމަށްވެސް ބަޔާނުގައިވެއެވެ.

ދިފާޢީ ވުޒާރާއިން ވިދާޅުވީ، “އަސުރުމާ-3” ދޯންޏަށް ބޭރުގެ އަސްކަރިއްޔާގެ ބަޔަކު އަރައިގެންއުޅޭކަމުގެ މަޢުލޫމާތު ދިފާޢީ ބާރަށް ލިބުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ އަމުރުފުޅަށް އެމްއެންޑީއެފްގެ ކޯސްޓް ގަރޑް އުޅަނދު “ޝަހީދު ޢަލީ” އެ ސަރަޙައްދަށް ގޮސް، މަސްވެރިންނާއި މަސްދޯނީގެ ސަލަމަތާއި ރައްކާތެރިކަން ކަށަރުކޮށްފައިވާކަމަށެވެ. ދެން އެ ސަރަޙައްދުގައި މަސްވެރިކަން ކުރަމުންދިޔަ އިތުރު 2 ދޯޏްނަށް އިންޑިއާ އަސްކަރިއްޔާއިން އެރިކަން އެނގިފައިވަނީ، ކޯސްގަރޑް އެ ސަރަޙައްދަށް ދިއުމުންކަމަށްވެސް ދިފާޢީ ވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ މަސް ދޯނިތަކަށް އަރާފައިވަނީ އިންޑިއާ ކޯސްޓްގާޑު ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑު ޝިޕް 253އަށް ނިސްބަތްވާ ބޯޑިންގ ޓީމުތަކުންކަމަށްވެސް މި ބަޔާނުގައިވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ޙިމާޔަތްކޮށް ރައްކާތެރިކުރުމުގައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ކެނޑިނެޅި މަސައްކަތް ކުރަމުންދާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުން ނަފާ ހޯދުމުގައި ދިވެހި މަސްވެރިން ކުރަމުންދާ މަސައްކަތް ސާބިތުކު ކުރިއަށްގގެންދިއުމަށް ވަނީ އެދިފައެވެ

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!