ދީން
ހަދިޔާ ދޭށެވެ. ޔަގީނުންވެސް ލޯބި އިތުރު ވާނެއެވެ.

ހަދިޔާ ދިނުމުން ދުރު ކައިރިވެއެވެ. ކެނޑި ބުރިބުރި ވެފައި ވާ ވާފަށްތައް ގުޅުވެއެވެ. ހަރު ހިލަހިތް މަޑުވެއެވެ. މީސްތަކުންގެ މެދުގައި ލޯބި އިތުރުވެއެވެ. މި ކަމަކީ ނަބަވީ ހިދާޔަތުގެ ތެރޭ ހިމެނޭ ކަމެކެވެ. ހަދިޔާ ދިނުމަކީ ލޯބި އިތުރުވާ ކަމެއް ކަން ބަޔާންކުރައްވާ މި އުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ބަސްފުޅެއްގައި އޮވެއެވެ. “تَهَادُوا تَحَابُّوا” (رواه البخاري) މާނައީ: “ތިޔަބައިމީހުން ހަދިޔާ ދީ އުޅޭށެވެ. (އޭރުން) ތިޔަބައިމީހުންގެ މެދުގައި ލޯބި އިތުރުވާހުއްޓެވެ.”

ހަދިޔާއެއްގެ ނަމުގައި އެއްޗެއް މީހަކަށް ދޭ ދިނުމުގައި އިތުރު ޝަރުތެއް ނުވަތަ ބަދަލުގައި އެއްޗެއް ލިބުމުގެ އުއްމީދު އޮތް ނަމަ، އެ އެއްޗެއް ހަދިޔާގެ މަޤާމުން ބޭރުވެހިނގައިދެއެވެ. ނާޖާއިޒު ގޮތުން އަނެކާ ލައްވާ ކަމެއް ކުރުވުމަށް ނުވަތަ އާންމު އުޞޫލުން ބޭރުން އެއްޗެއް ހޯދައިގަތުމަށް ކުރެވޭ ގޯސް ޢަމަލެއް ކަމުގައި ވެގެން ދެއެވެ. އެފަދަ އެއްޗަކީ ހަދިޔާ އެއް ނޫނެވެ. އެއީ ރިޝްވަތެވެ.

ރިޝްވަތު ދިނުމުގެ ނުބައިކަމާއި ރިޝްވަތު ހިފުމުގެ ނުބައިކަމާއި ރިޝްވަތުގެ މުޢާމަލާތު ކޮށްދިނުމުގެ ނުބައިކަމުން މުޖުތަމަޢުތައް މިއަދު މި ވަނީ ރޫޅި މުޅިން ބަރުބާދުވެ ފަސާދަވެފައެވެ. ނަފުރަތާއި ދެކޮޅުވެރިކަން އާންމުވެފައެވެ. ޢަދާވާތްތެރިކަމާއި ނޭއްގާނީކަން އޭގެ އިންތިހާއަށް ގޮސްފައެވެ. ކުދިކުދި ޢާއިލާތަކުގެ ތެރޭ ވެސް އަމާންކަމެއް ނެތެވެ. މި ހުރިހާ ކަމެއް އިޞްލާޙުކޮށް އުޅުންތަކާއި ގުޅުންތައް ހަމަ މަގަށް އެޅުވޭނެ މަންހަޖު މި އޮތީ ކުޑަކުޑަ ފަސޭހަ ނަބަވީ އިރުޝާދެއްގައި ބަޔާން ކުރައްވާފައެވެ. “تَهَادُوا تَحَابُّوا” “ހަދިޔާ ދޭށެވެ! ލޯބި އިތުރު ވާނެއެވެ.”

ހަދިޔާ ދިނުމަކީ އުނދަގޫ ކަމެއް ނޫނެވެ. ގިނަ ފަހަރު ދިމާވާ މައްސަލައަކީ އެ ކަމަށް އަޅުގަނޑުމެން އާދަވެފައި ނެތުމެވެ. ހަދިޔާ ދިނުމުގެ އާދައަކީ ކުޑަދުހުއްސުރެ އަށަގަންނަވަން ޖެހޭ އާދައެކެވެ. ތަމްރީނު ކުރުވަންޖެހޭ ވައްޓަފާޅިއެކެވެ. ދަރިފުޅު ކުޑައިރު ކުދިކުދި ކަރުދާސްކޮޅު ނޫން ނަމަ އެއްވެސް ބޭނުމެއް ނުހިފޭވަރުގެ އެއްޗެތި މަންމައަށް ދީ އުޅެއެވެ. އެ އެއްޗެއްގެ އަހައްމިއްޔަތެއް ނެތެއް ކަމަކު، އޭގައި ހިފާ އެ ލިބުނުކަމަށް އުފާކޮށް ދަރިފުޅުގެ ރަނގަޅުކަމާއި ދީލަތިކަން ބުނެދީ އެކަން ފާހަގަ ކުރުމުން، ހަދިޔާ ބަދަލު ކުރުމުގެ ހުނަރަށް ދަރިފުޅު ހޭނެއެވެ. އޭނާގެ އަތުގައި އޮންނަ ކޮންމެ އެއްޗެއް ވެސް އަނެކާއަށް ދިނުމަކީ އުފަލެއް ކަމުގައި ދެކެވެން ފަށައެވެ.
އެހެންކަމުން އަޅުގަނޑުމެންނަކީ ލޯބި އިތުރު ކުރުމުގެ ނިޔަތުގައި އެކަކު އަނެކަކަށް ހަދިޔާ ދޭ ބަޔަކު ކަމުގައި ވަމާ ހިނގާށެވެ! މިއަދުގެ ފުރަތަމަ ހަދިޔާ މަންމައަށް ދޭން ހިނގާށެވެ! ކުޅަދާނަ ވީ ވަރަކުން މިކަން އާދަކުރާށެވެ!

މައުލޫމާތު: الشَّيْخ مُحَمَّدُ أَفْضَل / ދީނުގެމަގު

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!