ވިޔަފާރި
އައިޖީއެމްއެޗް ބްލަޑް ބޭންކަށް މިއަހަރު ލޭ ހަދިޔާކުރި ފުރަތަމަ ކުންފުންޏަކަށް އެމްޕީއެލް!

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި އައިޖީއެމްއެޗް ގުޅިގެން “ބްލަޑް ޑްރައިވް” ހަރަކާތެއް މިއަދު ބާއްވައިފިއެވެ.

މި “ބްލަޑް ޑްރައިވް” އަކީ އައިޖީއެމްއެޗްގެ ބްލަޑް ބޭންކަށް އެހީތެރިވެދިނުމުގެ ގޮތުން އައިޖީއެމްއެޗްއާ ގުޅިގެން އެ ކުންފުނިން ބޭއްވި ހަރަކާތެކެވެ.

މާލޭ ނޯތު ހާބަރގައި ކުރިއަށް ގެންދިޔަ “ބްލަޑް ޑްރައިވް”ގައި އެމް.ޕީ.އެލްގެ ގިނަ މުވައްޒަފުުންތަކެއް ވަނީ ބައިވެރިވެ، އައިޖީއެމްއެޗްގެ ބްލަޑް ބޭންކަށް ލޭ ހަދިޔާކޮށްފައިވެއެވެ.

މިފަދަ ހަރަކާތްތަކަކީ ލޭ ހަދިޔާކުރުމުގެ މުހިންމުކަމާ ގުޅެގޮތުން މުވައްޒަފުން ހޭލުންތެރި ކުރުވައި، މުވައްޒަފުންގެ މެދުގައި ލޭ ހަދިޔާކުރުމުގެ ރޫޙު އާލާކޮށް އަދި މުޖުތަމުއަށް ފައިދާހުރި ހަރަކާތްތަކުގައި ބައިވެރިވުން އިތުރުކުރުމުގެ ގޮތުން އެމްޕީއެލުން ބާއްވަމުންދާ ހަރަކާތްތަކެވެ.

އެމް.ޕީ.އެލް އިން ވަނީ މީގެ ކުރިންވެސް އެކި ފަހަރު މަތިން ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ބާއްވައިފައެވެ. އަދި ލޭ ހަދިޔާކުރުމަށް ބާއްވާ ހަރަކާތްތަކަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށް އެކުންފުނިން ބުނެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!