ޚަބަރު
ހިލޭ ސާބަހަށް ހައްޖުގައި މަސައްކަތް ކުރާނެ މީހުން ހޯދަނީ
މިއަހަރުގެ ހައްޖުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ މީހުން ހޯދުމަށް ހައްޖު ކޯޕަރޭޝަނުން އިއުލާންކޮށްފިއެވެ.

ހައްޖުގައި ބޭނުންވަނީ ކިހާ އަދަދެއްގެ އެހީތެރިންނެއްކަމެއް އެ ކޯޕަރޭޝަނަކުން ނުބުނެއެވެ.

އެ ކޯޕަރޭޝަނުން ބުނީ ބޭނުންވާ މީހުންގެ ކަނޑައެޅާނީ މިކުންފުނީގެ ފަރާތުން މިއަރުގެ ހައްޖު ދަތުރުގައި ބައިވެރިވާ ހާޖީންގެ އަދަދަށް ރިޢާޔަތްކުރުމަށްފަހުގައިކަމަށެވެ. ކޯޕަރޭޝަނުން މިގޮތަށް ނިންމާފައިވާއިރު މި އަހަރު ރާއްޖެއަށް ލިބޭ ރަސްމީ ކޯޓާއިން އެއްވެސް ޖަމާއަތަކަށް ނުދީ 1000 ޖާގަ ކޯޕަރޭޝަނަށް ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މި މަގާމަށް ބޭނުންވަނީ އަސާސީ ތައުލީމު ހާސިލްކޮށްފައިވާ އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ސިއްހަތު ރަނގަޅު މީހުންކަމަށެވެ.

އަދި މި މަޤާމަށް މީހުން ހޮވުމުގައި ޢަރަބި ބަސް ނުވަތަ އުރުދޫ ބަހުން މުޢާމަލާތްކުރަން އެނގޭ، ހައްޖު އަދި އުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދޭނެކަމަށްވެސް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ. އަދި ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެ ނަމަ އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުސަތު ދޭނެކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

ހައްޖުގައި އެހީތެރިންގެ ގޮތުގައި ދާން ބޭނުންވާ މީހުން އެކަމަށް އެދި މިމަހުގެ 13 ވަނަދުވަހުގެ 14:00 ގެ ކުރިން ހުށައަޅަންޖެހެއެވެ. އެކަމަށް އެދި ހުށައަޅާނީ ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު މެދުވެރިކޮށެވެ. މި ފޯމް ކޯޕަރޭޝަނުން އަދި ކޯޕަރޭޝަންގެ ވެބްސައިޓް www.mhcl.mv އިން ލިބެން ހުންނާނެކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!